މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތި ސަރަހައްދުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.
ފުލުހުން މައުލޫމާތު ދިންގޮތުގައި، ބޮޑުތަކުރުފާނު މަގު ބާޒާރުމަތީ ސަރަހައްދުގައި ދެ ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފަ އެވެ. އަދި މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާ ދިނުމަށްޓަކައި މިހާރު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން މައުލޫމާތު ދެއެވެ.
މި އެކްސިޑެންޓުގައި އަނިޔާވެފައިވަނީ އަންހެނަކަށް ކަމެއް ނުވަތަ ފިރިހެނަކަށް ކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ. އަދި މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެ ކަމަށް ވެސް ފުލުހުން ވަނީ ވިދާޅުވެފަ އެވެ.
މާލޭގެ ބޮޑުތަކުރުފާނު މަގު، ބާޒާރުމަތި ސަރަހައްދުގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވުން
މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއިން ފެންނަ ގޮތުގައި، މާރުކޭޓް ސަރަހައްދުގައި ދެ ސައިކަލު ޖެހިފައިވާއިރު، އެކްސިޑެންޓުގައި އަނިޔާވި ކަމަށް ބެލެވޭ ފިރިހެނަކު ބިންމަތީގައި ވެއްޓިފައި އޮތް މަންޒަރު ފެނެ އެވެ. އަދި އެ ސަރަހައްދުގައި ފުލުހުންނާއި އާންމުންގެ ބަޔަކު އެހީތެރިވުމުގައި ހަރަކާތްތެރިވަމުންދިޔަ މަންޒަރު ވެސް އެ ވީޑިއޯއިން ފެނިގެންދެ އެވެ.