ފެނަކަ ކޯޕަރޭޝަން އުވާލައި، އެ ކުންފުނިން ފޯރުކޮށްދެމުން
އައި ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ރައީސް ޑރ. މުހައްމަދު
މުއިއްޒު އިއުލާނުކުރެއްވުމާ ގުޅިގެން، ފެނަކަގެ ހެޑް އޮފީހުގެ މުވައްޒަފުންނަށް ވާނެ
ގޮތެއް މިއަދާ ހަމައަށް ވެސް ސާފު ނުކޮށްދޭތީ، މުވައްޒަފުން މަސައްކަތް ކުރަމުން ދަނީ
ވަރަށް ބޮޑު ހާސްކަމެއްގެ ތެރޭގަ އެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑު އުވާލުމަށް ފަހު، ސްޓެލްކޯއާ އެއްކޮށްލަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާނުކުރެއްވީ މިދިޔަ ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހު ރައީސް އޮފީހުގައި
ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.

މި ނިންމުމާ އެކު މުޅި ރާާއްޖޭގައި ކަރަންޓުގެ
ޚިދުމަތް ކުރިއަށް އޮތް ތަނުގައި ދޭނީ ސްޓެލްކޯ އިން ކަމަށް ރައީސް މުއިއްޒު
ވިދާޅުވި އެވެ. އެއާ އެކު ފެނަކައިގެ ދަށުން ކުރަމުން އަންނަ ހުރިހާ މަސައްކަތެއް
ސްޓެލްކޯގެ ދަށަށް ބަދަލުކުރެވިގެން ދާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު ވިދާޅުވީ މިއީ އެފިޝަންޓް
އަދި މުވައްޒަފުން މަދު ކުންފުނިތަކެއްގެ ގޮތުގައި ހިންގުމަށް ނިންމަވާފައިވާ
ނިންމުމެއް ކަމަށެވެ. މި މަސައްކަތް ނިމިގެންދާއިރު، ކުންފުނިތަކުގައި ތިބޭނީ އެ
ކުންފުންޏަކަށް އެންމެ ބޭނުންވާ އަދަދަށް މުވައްޒަފުން ކަމަށް ވެސް ރައީސް
މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ރައީސް އޮފީހުގެ އިސް އޮފިޝަލަކު ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ފެނަކައާއި ސްޓެލްކޯ އެއްކޮށްލުމުގެ މަރުހަލާގައި ވަކި އަދަދަކަށް މުވައްޒަފުން ވަކިކުރުމުގެ ބަދަލުގައި އޮޕަރޭޝަނަށް ބޭނުންވާނެ އެންމެ "ޕްރެކްޓިކަލް" އަދަދަށް މުވައްޒަފުން ނެގުމަށްފަހު، ސްޓެލްކޯގެ އައު އޮނިގަނޑުގެ ތެރެއަށް އެ މުވައްޒަފުން ހަމަޖައްސައި، ބާކީ ތިބި މުވައްޒަފުން ވަކިކުރުމަށް ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް އަންގާފައިވާ ކަމަށެވެ. 22 ސެޕްޓެމްބަރުގައި އެގޮތަށް އަންގައި ރައީސް އޮފީހުން ފޮނުވި ސިޓީގެ ކޮޕީއެއް ރާއްޖެއެމްވީއަށް ލިބިފައިވާއިރު، މިއީ ސައްހަ ސިޓީއެއްކަން އެކި މަސްދަރުތަކުން ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ފޮނުވި ސިޓީ|ރާއްޖެ އެމްވީ
އެހެންކަމުން ފެނަކަ ކުންފުނީގެ ގިނަ މުވައްޒަފުން މިއަދު މަސައްކަތްކުރަމުން ދަނީ އެމީހުންގެ މުސްތަގުބަލާ މެދު ބޮޑެތި ސުވާލުތަކެއް އުފެދިފައި ހުރި ހާލަތުގަ އެވެ.
ފެނަކަ ކުންފުނީގެ ޑިވިޜަން ހެޑަކު ނަން ނުޖެހުމަށް ޝަރުތުކޮށް ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވި ގޮތުގައި ފެނަކަ ހެޑް އޮފީހުން
ވަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ހުރިހާ މުވައްޒަފުންނަށް އިންޓަރނަލް މެމޯއެއް
ފޮނުވައި، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވާން ބޭނުންވާ މުވައްޒަފުންނަށް އެ
ފުރުސަތު ހުޅުވާލާފަ އެވެ. އެ މެމޯގައި އޮކްޓޫބަރު 6 ވަނަ ދުވަހުގެ ކުރިން އެކަން އެންގުމަށް
ބުނެފައިވާއިރު، އެގޮތަށް ވަކިވާ މުވައްޒަފުންނަށް ތިން މަހުގެ މުސާރަ އިނާޔަތެއްގެ
ގޮތުގައި ލިބޭނެކަމަށް ވެސް ބުނެފައިވެ އެވެ.
މީގެ އިތުރުން، ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް
ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކުގެ ތާވަލެއް ސަރކިއުލަރއެއްގެ ޒަރިއްޔާއިން މުވައްޒަފުންނާ ހިއްސާކޮށްފައިވެ އެވެ. ނަމަވެސް އެ ތާވަލުން ވެސް
ހެޑް އޮފީހުގެ މުވައްޒަފުންނަށް އަންނަ ބަދަލުތައް އެއްވެސް ގޮތަކަށް ސާފެއްނުވެ އެވެ.

ފެނަކައިން ފޯރުކޮށްދެމުންދާ ޚިދުމަތްތައް ސްޓެލްކޯގެ ދަށަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ތާރީޚުތަކުގެ ތާވަލެއްގެ ސަރކިއުލަރ އެއް|ރާއްޖެ އެމްވީ
އަދި މައުލޫމާތު ސާފުކުރަން ކުރި މަސައްކަތްތައް ނާކާމިޔާބުވެ
ގޮތް ހުސްވެގެން މުވައްޒަފުން ނިންމީ ރައީސް އޮފީހަށް ދިއުމަށެވެ.
އެކަން އެނގުނު ހިސާބުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ
ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މުވައްޒަފުން ތިބޭ ގްރޫޕަށް މެސެޖެއް ހިއްސާ
ކުރެއްވި އެވެ. އެ މެސެޖުގައި ޑިވިޜަންގެ ވެރިން ގާތުގައި އަހައިގެން އެކަންކަން ސާފު
ކުރެވޭނެކަމަށް ބުނެފައިވެ އެވެ. ނަމަވެސް ވެރިން ގާތުގައި އަހައިގެން ވެސް މުވައްޒަފުންނަށް
އެކަން ސާފުވާ ގޮތެއް ނުވި އެވެ. ޑިވިޜަން ހެޑުންނަށް ވެސް މުވައްޒަފުންނަށް ވާންވީ ގޮތެއް ސީދާ ސާފުނުވާކަން ރާއްޖެއެމްވީއަށް ވަނީ އެނގިފަ އެވެ.

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަފީފް ހުސައިން މުވައްޒަފުން ތިބޭ ގްރޫޕަށް ހިއްސާކުރެއްވި މެސެޖު|ރާއްޖެ އެމްވީ
އެހެންކަމުން، އެހެން ގޮތެއް ނެތިގެން ހެޑް އޮފީހުގެ
މުވައްޒަފުންތަކެއް ރައީސް އޮފީހުގެ ދޮށަށް ގޮސް، އެތަނުގައި ގަޑިއިރެއް ވަންދެން ތިބިފަހުން
އޮފީހަށް ވަދެވުނެވެ. ނަމަވެސް ރައީސް އޮފީހުން ވެސް އުއްމީދީ ޖަވާބެއް ނުލިބުނެވެ.
ލިބުނު ހަމައެކަނި ޖަވާބަކީ ގާތުން ބަލާނެކަމަށް ބުނުން ކަމަށްވާއިރު، މުވައްޒަފުންނަށް
ވާނެ ގޮތެއް ސާފެއް ނުވި އެވެ. ރައީސް އޮފީހުން މައުލޫމާތު ދެއްވި އޮފިޝަލު ވިދާޅުވީ، މިއީ މުވައްޒަފުންނަށް ސާފުކޮށްދޭން ޖެހޭނެ ކަންކަން ކަމަށެެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އައްޑޫއަށް މިފަހުން
ނެގި މުވައްޒަފުން ވެސް ނެގީ ތިން އަހަރުގެ ކޮންޓްރެކްޓަކަށެވެ. އަދި ބައެއް އިތުރު
ރަށްރަށަށް ނެގި މުވައްޒަފުން ވެސް ނެގީ އެއް އަހަރުގެ ކޮންޓްރެކްޓަކަށެވެ. މުވައްޒަފުން
ބުނާ ގޮތުގައި، މިއީ މުވައްޒަފުންނަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އަދި ދުވަސްވީ
މުވައްޒަފުންނަށް ދެވޭ ވަރަށް ބޮޑު ދެރައެކެވެ.