މުހިންމު ނިންމުންތަކާއެކު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ 5 ވަނަ ކޮންގްރެސް ނިންމާލައިފި އެވެ.

‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން
‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން

އޮކްޓޯބަރ 1ން 3ށް ތައިސޭ ކޮށީގައި ކުރިއަށްދިޔަ މި ކޮންގްރެސްގައި ޕާޓީގެ ހިންގުމަށާއި ގައުމީ ސިޔާސަތުތަކަށް މުހިންމު ގިނަ ކަންތައްތަކެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން
‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން

މި ކޮންގްރެސްގައި ކުރިއަށް ދިއަ ކަންތައްތަކަށް ބަލާއިރު، އެއް ނިންމުމަކީ ގާނޫނުއަސާސީ އާއި ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި އިސްލާހުތަކެއް ގެނައުމަށް އެ ޕާޓީގެ ކުރީގެ ޗެއަރޕާސަން އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ހުށަހެޅުއްވި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާސް، ކޮންގްރެސްގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކުރުމެވެ. ޖުމްލަ 520 މަންދޫބުންގެ ވޯޓުން އެންޑޯޒްކުރެވުނު މި ގަރާރުގެ މައިގަނޑު މަގުސަދަކީ ގާނޫނުއަސާސީއަށާއި ވެރިކަމުގެ ވައްޓަފާޅިއަށާއި މަޖިލީހަށް ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް، ގައުމުގެ އިގުތިސާދީ ފުދުންތެރިކަން ވަރުގަދަ ކުރުމެވެ.

"ރަށްވެހި ތަރައްގީ" އިންވެސްޓްމަންްޓު ފޯރަމްގެ ފުރަތަމަ ސެޝަނުގައި ކައުންސިލްތަކުން އެ ރަށްރަށުގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅައިދެނީ
"ރަށްވެހި ތަރައްގީ" އިންވެސްޓްމަންްޓު ފޯރަމްގެ ފުރަތަމަ ސެޝަނުގައި ކައުންސިލްތަކުން އެ ރަށްރަށުގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅައިދެނީ
‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން

‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން|އެމްޑީޕީ

މީގެ އިތުރުން، ލާމަރުކަޒީ ނިޒާމަށް ގެންނަން ފެންނަ ބަދަލުތައް ހިމަނައިގެން އެކުލަވާލާފައިވާ ގަރާރެއް ވެސް ކޮންގްރެސް އިން ވަނީ ފާސްކޮށްފަ އެވެ. ހޮނިހިރު ދުވަހުގެ މެންދުރުފަހު ދަންފަޅިއަށް މި ހުށަހެޅުން ހުށަހެޅުއްވީ އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒް އެވެ. މި ގަރާރު ފާސްވީ ވޯޓުގައި ބައިވެރިވި 564 މަންދޫބުންގެ ތެރެއިން 560 މަންދޫބުންގެ ބޮޑު އަޣުލަބިއްޔަތަކުންނެވެ. މި ގަރާރު އެކުލަވާލާފައި ވަނީ ރާއްޖޭގައި މިހާތަނަށް ލާމަރުކަޒީ ނިޒާމު ހިންގައިގެން ލިބުނު ތަޖުރިބާތަކާއި، ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީ އާއި ލޯކަލް ކައުންސިލް އެސޯސިއޭޝަނުން ކޮށްފައިވާ ދިރާސާތަކުގެ އަލީގައެވެ.

‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން

‏ކޮންގްރެސްއަށް ހުށަހެޅުނު ލާމަރުކަޒީ ސިޔާސަތު ކަރުދާހައި "ބޮޑު ބަދަލު" ސިޔާސަތު ކަރުދާހުގެ އިތުރުން އާ އަސާސީ ގަވާއިދު ފާސްކުރުން|އެމްޑީޕީ

ހަމައެއާއެކު، ސިޔާސީ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީގެ ހިންގުން ހަރުދަނާކޮށް، އެތެރޭގެ ޑިމޮކްރަސީ ވަރުގަދަކުރުމަށްޓަކައި ޕާޓީގެ އަސާސީ ގަވާއިދަށް ވެސް ވަނީ މުހިންމު އިސްލާހުތަކެއް ހުށަހަޅާފަ އެވެ. ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި، މި އިސްލާހުތަކުގެ މައިގަނޑު އަމާޒަކީ ޕާޓީގެ އެތެރޭގެ ހިންގުން ދެފުށް ފެންނަ ނިޒާމަކަށް ބަދަލުކޮށް، އާންމު މެންބަރުންގެ ބައިވެރިވުން އިތުރުކުރުމެވެ.

މި ކޮންގްރެސްގެ ހަވާސާގައި ރާއްޖޭގެ ސިޔާސީ ތާރީޚުގައި އަލަށް "ރަށްވެހި ތަރައްގީ" ގެ ނަމުގައި އިންވެސްޓްމަންޓް ފޯރަމެއް ވެސް ވަނީ ބާއްވާފަ އެވެ. އެމްޑީޕީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރިއަށްގެންދިޔަ މި ފޯރަމުގައި ރާއްޖޭގެ 32 ރަށަކުން ޖުމްލަ 76 ޕްރޮޕޯސަލް ހުށަހެޅި އެވެ. އެމްޑީޕީން ހާމަކުރި ގޮތުގައި މިއީ 300 މިލިއަން އެމެރިކާ ޑޮލަރަށްވުރެ ބޮޑު އިންވެސްޓްމަންޓް ފުރުސަތުތަކެކެވެ. ކައުންސިލްތަކުން ހުށަހެޅި މަޝްރޫއުތަކުގެ ތެރޭގައި ޕޯލްޓަރީ ފާމްތަކާއި، ޑޭ-ކެއަރ ސެންޓަރުތަކާއި، ކުޅި ފަދަ ތިމާވެށީގެ މުހިންމު ތަންތަން ހިމާޔަތްކުރުމުގެ މަސައްކަތްތަކުގެ އިތުރުން ވިޔަފާރި އުސޫލުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިމެނެ އެވެ.

"ރަށްވެހި ތަރައްގީ" އިންވެސްޓްމަންްޓު ފޯރަމްގެ ފުރަތަމަ ސެޝަނުގައި ކައުންސިލްތަކުން އެ ރަށްރަށުގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅައިދެނީ

"ރަށްވެހި ތަރައްގީ" އިންވެސްޓްމަންްޓު ފޯރަމްގެ ފުރަތަމަ ސެޝަނުގައި ކައުންސިލްތަކުން އެ ރަށްރަށުގައި ހުރި އިންވެސްޓް ކުރުމުގެ ފުރުސަތުތަކާ ގުޅޭގޮތުން ޕްރެޒެންޓޭޝަން ހުށަހަޅައިދެނީ|އެމްޑީޕީ

މީގެ އިތުރުން، ޕާޓީގެ ހިންގުމަށް ޓެކްނޮލޮޖީގެ އައު ބަދަލެއް ގެނައުމުގެ ގޮތުން އެމްޑީޕީގެ ރަސްމީ މޯބައިލް އެޕްލިކޭޝަން "ޔެލޯ" ވެސް މި ކޮންގްރެސްގައި ވަނީ އިފްތިތާހުކޮށްފަ އެވެ. އެމްޑީޕީން ބުނި ގޮތުގައި މި އެޕަކީ މެންބަރުންނަށް ޕާޓީގެ ހަރަކާތްތަކުގެ މައުލޫމާތު އަވަހަށް ފޯރުކޮށްދިނުމަށާއި، އިދާރީ ކަންކަން ލުއިފަސޭހަކުރުމުގެ އިތުރުން މެންބަރުންގެ މެދުގައި ގުޅުން ބަދަހިކޮށް މަޝްވަރާތައް ކުރުމަށް ފަރުމާކޮށްފައިވާ ޒަމާނީ އެޕެކެވެ.