ވަޒީފާއާއި ބެހޭ ޓްރައިބިއުނަލްގެ މެންބަރު ފާތިމަތު ސައުސަން ނިޔާވެއްޖެ އެވެ.

ސައުސަން ނިޔާވެފައިވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގައި އިންޑިއާގަ އެވެ.

މައުލޫމާތު ލިބޭ ގޮތުގައި، އޭނާ ގެންދެވީ ބަލިވެގެން އިންޑިއާގައި ބޭސްފަރުވާ ހޯއްދަވަމުންނެވެ. 

ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް މެންބަރު ކަމަށް ސައުސަން އައްޔަނުކުރައްވާފައިވަނީ 2 އޮކްޓޫބަރު 2024 ގަ އެވެ. އޭނާ އެ މަގާމަށް އައްޔަނުކުރެއްވީ އިންޑަސްޓްރިއަލް ޑިސްޕިއުޓް ރިޒޮލިއުޝަން ޑިވިޝަނަށް ޚާއްސަކޮށްގެންނެވެ. 

ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރެއްވި ސައުސަން ވަނީ ގާނޫނީ ވަކީލެއްގެ ގޮތުންނާއި މެންބަރެއްގެ ގޮތުން ގައުމަށް އަގުހުރި ގިނަ ޚިދުމަތްތަކެއް ކޮށްދެއްވާފަ އެވެ. އޭނާގެ ކުއްލި ވަކިވުމަކީ ދާއިރާއަށް ލިބުނު ވަރަށް ބޮޑު ހުސްކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ސިފަ ކުރަމުންނެވެ.