މިހާރު ތިބި ޕީއެންސީގެ ކައުންސިލަރުންގެ ތެރެއިން ދެބައިކުޅަ އެއްބައި ކައުންސިލަރުން ފެނަށް ދިރުނީ އެމްޑީޕީގެ ތެރެއިން ކަމަށް އެ ޕާޓީގެ ޗެއަރޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީގެ ކޮންގްރެސްގައި ހުކުރު ދުވަހު އޮތް އިންވެސްޓްމަންޓް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ވަރަށް ގިނަ ޕީއެންސީއަށް ނިސްބަތްވާ ކައުންސިލަރުން އެމްޑީޕީގެ ޕްރޮޖެކްޓް އޮފީހުގައި ބައިވެރިވެވިދާނެތޯ މެސެޖު ކުރަމުންދާ ކަމަށެވެ. 

ޕްރޮޖެކްޓް އޮފީހަކީ އެމްޑީޕީގައި އުފައްދާފައިވާ އޮފީހެއް ކަމުގައިވީ ނަމަވެސް ޕީއެންސީ ކައުންސިލަރުން އެދޭނަމަ އެމްޑީޕީން އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. 

ރައީސް ނަޝީދު ވިދާޅުވީ ޕީއެންސީގެ ކައުންސިލްތަކަކީ އެމްޑީޕީއާ ބީރައްޓެހި ބައެއް ނޫން ކަމަށެވެ. 

މިހާރު ތިބި ޕީއެންސީ ކައުންސިލަރުންގެ ދެބައިކުޅަ އެއްބައި މީހުންނަކީ ސިޔާސީ ގޮތުން ފެނަށް ދިރުނީ އަޅުގަނޑުމެންގެ ޕާޓީ ތެރެއަށް. އެހެން ބަސްތަކަކުން ދަންނަވަންޏާ އަޅުގަނޑު އަތްމައްޗަށް
މުހައްމަދު ނަޝީދު

އެމްޑީޕީގެ ފަސްވަނަ ކޮންގްރެސްގެ ތެރެއިން "ރަށްވެހި ތަރައްގީ" ނަމުގައި އިންވެސްޓްމަންޓް ފޯރަމެއް ވަނީ ފަށާފަ އެވެ. މިއީ ރާއްޖޭގެ ސިޔާސީ ޕާޓީއަކުން މިފަދަ ފޯރަމެއް ބޭއްވި ފުރަތަމަ ފަހަރެވެ. މި ފޯރަމަކީ ޕާޓީގެ ޗެއަރޕާސަން މުހައްމަދު ނަޝީދުގެ އިސްނެންގެވުމަކަށް ކުރިއަށްގެންދާ ހަރަކާތެކެވެ.