މޯލްޑިވްސް
އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ ދެ މެންބަރުން ވަކިކޮށްފައިވާ
ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން
އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ކުރި ޕޯސްޓެއްގައި ބުނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ
ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ އެގްޒެކްޓިވް ޑިރެކްޓަރ މުހައްމަދު މިހާދު އަދި ބޯޑުގެ
މެންބަރު ސަހަރު ވަހީދު އެ ކުންފުނީގެ ބޯޑުން ވަކިކޮށްފައިވާ ކަމަށެވެ.

ސަހަރު
ވަހީދަކީ 24 ޑިސެމްބަރު 2023 ގައި އެމްއޭސީއެލްގެ ބޯޑަށް އައްޔަންކުރެވުނު
ބޭފުޅެކެވެ. މުހައްމަދު
މިހާދަކީ އެމްއޭސީއެލްގެ ބޯޑަށް 26 އެޕްރީލް 2025 ގައި އައްޔަންކުރެއްވި ބޭފުޅެކެވެ.

މި ދެ މެންބަރުން
ބޯޑުން ވަކިކޮށްފައިވަނީ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ކަމަށް ޕީސީބީން
ހާމަކޮށްފައިވެ އެވެ.

މި ދެ މެންބަރުން
ބޯޑުން ވަކިކުރި ސަބަބުތައް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ހާމަކޮށްފައެއް
ނުވެ އެވެ.