ވ.
އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވާ ދައުވާގެ
އަޑުއެހުމެއް ބުދަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރއަށް ގެންގޮސްފި އެވެ.
ކްރިމިނަލް
ކޯޓުގައި މި މައްސަލަ ކުރިއަށްދަނީ ޔޫސުފް ނައީމަށް ކޮށްފައިވާ ރިޝްވަތު ދިނުމުގެ
ކުށުގެ ދައުވާ ސާބިތުވެ، އޭނާ 3 އަހަރާއި، 2 މަހާއި 12 ދުވަހަށް ޖަލަށް ލުމަށް
ކްރިމިނަލް ކޯޓުން ކުރި ހުކުމް ބާތިލުކޮށް ހައިކޯޓުން މި މައްސަލަ އަލުން ބަލަން
އެންގުމުންނެވެ.
މި އަޑުއެހުމުގައި
މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމު ވަނީ ހައިކޯޓުގެ ހުކުމާއެކު، މައްސަލަ މިހާރު
އޮތް ހިސާބު ދެފަރާތުން ސާފު ކުރައްވާފަ އެވެ.
މި
އަޑުއެހުމުގައި ހައިކޯޓުގެ ނިންމުމަށް އަލިއަޅުވާލައްވައި ދައުލަތުގެ ވަކީލު
ވިދާޅުވީ، ދައުލަތުން އެދެނީ ކުށުގެ އުންސުރުތަކާ މެދު ޔޫސުފް ނައީމް ފާހަގަކުރި
ކަންކަމަށް ދެފަރާތަށްޗވެސް ބަހުސް ކުރުމުގެ ފުރުސަތު ދެއްވުމަށްފަހު މައްސަލައިގެ
ގޮތެއް ނިންމުމަށް ކަމަށެވެ.
މި
އަޑުއެހުމުގައި ޔޫސުފް ނައީމް ވަނީ އޭނާއަށް ވަކީލަކު އައްޔަނު ކުރުމުގެ
ފުރުސަތެއް ދެއްވުމަށް އެދިވަޑައިގެންފަ އެވެ. އެހެންކަމުން ގާޒީ ވަނީ ވަކީލަކު
އައްޔަނުކުރުމަށް 10 ދުވަހުގެ މުއްދަތެއް އޭނާއަށް ދެއްވާފަ އެވެ.
އެހެންކަމުން
ދެން މި މައްސަލައިގެ އަޑުއެހުމެއް އޮންނާނީ އެ މުއްދަތަށްފަހު އެވެ.