ރައީސް ޑރ.
މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު
ފާތިމަތު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން ޖަމާކޮށްފައިވާއިރު، އެއީ ލޯނެއްކަމަށް މެންބަރު
ސައުދާގެ ފަރާތުން ވިދާޅުވެފައިވީނަމަވެސް، ލޯނު ދައްކަންޖެހޭ ވަކި މުއްދަތެއް ވެސް
ނެތްކަން މާލީ ބަޔާނުން ހާމަވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާގެ މާލީ ބަޔާން
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާގެ މާލީ ބަޔާން

މަޖިލިސް މެންބަރުންގެ މާލީ ބަޔާންތައް
ހާމަކޮށްފައިވާއިރު، އާންމުކޮށް ލޯނާއި ދަރަންޏެއް ނަގާފައިވާނަމަ، އެ ލޯނެއް ނުވަތަ
ދަރަންޏެއް ދައްކަންޖެހޭ މުއްދަތުތަކާއި އެކަމާ ގުޅޭ ތަފްސީލުތައް ވެސް މެންބަރުން ހިމަނުއްވަ
އެވެ.

ވަކިން ޚާއްސަކޮށް ބޮޑެތި އަދަދުތަކުން
ޖަމާވާ ފައިސާއާ ގުޅޭ ތަފްސީލު މާލީ ބަޔާނުން އެނގެން އޮތުމަކީ އެ ފައިސާއާ ގުޅިގެން
ސުވާލު އުފެއްދޭނެ ޖާގަ ވެސް ކުޑަކޮށްދޭ ކަމަކަށްވާއިރު، އެބީދައިން ގިނަ މެންބަރުން
ވަނީ މީހެއްގެ އަތުން ލޯނެއް ނަގާފައިވާނަމަ އެ ލޯނު ދައްކަންޖެހޭ މުއްދަތު ވެސް މާލީ
ބަޔާނުގައި ހިމަނާފަ އެވެ. އެއީ މާލީ ބަޔާނުގެ ފޯމެޓުގައި ވެސް ހިމަނާފައިވާ ބައެކެވެ.

ރައީސް
ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް
މެންބަރު ފާތިމަތު ސައުދާގެ އެކައުންޓަށް 2.4 މިލިއަން ރުފިޔާ ނަގުދު ފައިސާއިން
ޖަމާކުރި މައްސަލައެއް ފުރަތަމަ ތިލަވީ  މިއަހަރުގެ މާރޗު މަހު އެވެ. އޭރު މި
މައްސަލަ ފެންމަތިވުމުން މީޑިއާތަކަށް މެންބަރު ސައުދާ ވިދާޅުވީ އެއީ
ވިޔަފާރިވެރިއެއްގެ އަތުން ނެގި ފައިސާ ކަމަށާއި، އެއީ ސްޓޫޑެންޓް ލޯނެއް ކަމަށެވެ. ނަމަވެސް އިތުރު އެއްވެސް ތަފްސީލެއް ދެއްވާފައިނުވެ
އެވެ. 

މެންބަރު
ސައުދާގެ މާލީ ބަޔާނުން އެނގޭ ގޮތުގައި މި ލޯނު ނަގާފައިވަނީ 1 ޖެނުއަރީ 2026 ގަ
އެވެ. އެގޮތުން 2.4 މިލިއަން ރުފިޔާގެ ލޯނެއް ނަގާފައިވާއިރު، ލޯނުގެ މުއްދަތު ހަމަވާ
ތާރީޚު ލިޔަން އޮންނަ ކޮލަމްގައި އެއްވެސް ތާރީޚެއް ހިމަނާފައިނުވާތީ މިއީ ދައްކަންޖެހޭ
ވަކި މުއްދަތެއް ވެސް ނެތް ގޮތަށް އަމިއްލަ މީހެއްގެ އަތުން ނަގާފައިވާ 2.4 މިލިއަން
ރުފިޔާގެ ބޮޑު ލޯނެއްކަން މާލީ ބަޔާނުން އެނގެ އެވެ.

އެހެންނަމަވެސް އެހާ ބޮޑު އަދަދަކުން ލޯނެއް ދޭއިރު، އެ ލޯނު އަނބުރާ ދައްކަންޖެހޭ މުއްދަތެއް ނެތް ގޮތަށް ނަގުދު ފައިސާ މީހަކު ދީފާނެތޯ ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާގެ މާލީ ބަޔާން

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެއްބަނޑު ކޮއްކޯފުޅު އަދި ނިލަންދޫ ދާއިރާގެ މަޖިލިސް މެންބަރު ފާތިމަތު ސައުދާގެ މާލީ ބަޔާން|މަޖިލިސް

ވަކިން ޚާއްސަކޮށް މިއީ އޭރު ކުރިއަށްދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ވެސް
ބޯމަތިވެފައި އޮއްވައި މެންބަރު ސައުދާގެ އެކައުންޓަށް ޖަމާވި ފައިސާކަމަށްވާއިރު،
ލޯނެއްކަމަށް ބުނާ މި ފައިސާއާ ގުޅިގެން ބޮޑެތި ސުވާލުތަކެއް ވަނީ އުފެދިފަ އެވެ.

ސައުދާ މާލީ
ބަޔާން ހުށަހެޅުއްވިއިރު އެކައުންޓުގައި ހުރިކަމަށް ދައްކަނީ 11،604 ރުފިޔާއާއި،
118 ޑޮލަރެވެ. އެހެންކަމުން 2.4 މިލިއަން ރުފިޔާއަށް ވީގޮތެއް މާލީ ބަޔާނުން އެނގޭކަށް
ނެތެވެ.

ރައްޔިތުންގެ
މަޖިލީހަށް ސައުދާ ހުށަހެޅި މާލީ ބަޔާނުން އެނގޭ ގޮތުގައި، އަހަރެއްގެ ތެރޭގައި 990،000 ރުފިޔާ އޭނާއަށް މުސާރައިގެ ގޮތުގައި ވަނީ
ލިބިފަ އެވެ. އަދި އޭނާގެ ނަމުގައި ބީއެމްއެލްގައި ދޫކޮށްފައިވާ ވިސާ ޕްލެޓިނަމް
ކާޑެއްގައި 9861 ޑޮލަރުގެ ލިމިޓެއް ހުރިކަމަށް ވެސް ދައްކަ އެވެ.