ރާއްޖެޓީވީ އަށް ވަދެ، ސްޓޭޝަންގެ މުވައްޒަފުން "ހަވަރަށް ދިނުމަށް" ގޮވާލައި ސޯޝަލް މީޑިއާގައި އިންޒާރުދިން މައްސަލަ، އެކަށީގެންވާ ހެއްކާއި ގަރީނާ ނެތް ކަމަށް ބުނެ އެއް އަހަރާއި ނުވަ މަސް ދުވަސް ފަހުން މޯލްޑިވްސް ޕޮލިސް ސަރވިސް އިން މައްސަލަ ފައިލްކޮށްފި އެވެ.

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން
7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން

2024 ވަނަ އަހަރުގެ ޑިސެމްބަރު 10 ވަނަ ދުވަހުގެރޭ އިދިކޮޅު ފަރާތްތަކުން މާލޭގައި ބޭއްވި ބޮޑު ޖަލްސާގެ ލައިވް ކަވަރޭޖް ރާއްޖެޓީވީން ގެނެސްދެމުން ދަނިކޮށް، "ޕީއެންސީ – ސައިބަރ ޓްރޫޕްސް" ނަމުގައި ހިންގާ ސޯޝަލް މީޑިއާ ގްރޫޕަކުން ވަނީ އިންޒާރުތަކެއް ދީފަ އެވެ. އެރޭގެ 19:36 ހާއިރު "ޒައްރަ" ނަމަކަށް ކިޔާ އެކައުންޓަކުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ރާއްޖެޓީވީގެ ސްޓޭޝަން ތެރެއަށް ވަދެގަތުމަށާއި، މުވައްޒަފުން ހަވަރަށް ދިނުމަށް ގޮވާލައި އިންޒާރު ދީފަ އެވެ. މި މައްސަލަ ރާއްޖެޓީވީން ފުލުހަށް ހުށަހަޅާފައިވަނީ 11 ޑިސެމްބަރ 2024 ގައެވެ. 

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން
7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން

ފުލުހުންގެ ފަރާތުން އާދިއްތަ ދުވަހު ރާއްޖެޓީވީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ، ރާއްޖެޓީވީން ހުށަހެޅި މި މައްސަލަ ތަހުގީގުކުރި ކުރުމުން، ތުހުމަތުކުރެވޭ ކުށް ކޮށްފައިވާ ކަމަށް ބެލެވޭ ހެއްކާއި ގަރީނާ މިހާތަނަށް ލިބިފައި ނުވާތީ މި މައްސަލަ ފުލުހުންގެ ޚިދުމަތުގައި ފައިލްކޮށްފައިވާ ކަމަށެވެ.

މީގެއިތުރުން، ރާއްޖެޓީވީގެ ހެޑް އޮފް ޕްރޮގްރާމްސް އެންޑް ކޯޑިނޭޝަން އާމިރު ސަލީމަށް މަރުގެ އިންޒާރު ދިން މައްސަލައެއް ވެސް ފުލުހުން ވަނީ އެއްވެސް ފިޔަވަޅެއް ނާޅައި ފައިލްކޮށްފަ އެވެ. އެއީ 2025 ސެޕްޓެންބަރު 9 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގައި "މީޑިއާ ކޮންޓްރޯލް ބިލް" ދިރާސާކުރި ކޮމިޓީ ބައްދަލުވުން ސިއްރުކޮށް، ނޫސްވެރިން ނެރުމާ ގުޅިގެން މަޖިލިސް ދޮށުގައި ކުރި އިހުތިޖާޖުގެ ތެރެއިންނެވެ. އެ ދުވަހު އާމިރު ސަލީމް ވާހަކަދައްކަން ހުރި ފޮޓޯއަކާ އެކު "ރުކްޝާ ރައްޒާޤް" ކިޔާ ފޭސްބުކް އެކައުންޓަކުން ވަނީ "މީނާއަށް އެބަޖެހޭ މަރުގެ އަދަބު ދޭން" ކަމަށް ބުނެ ފާޅުކަން ބޮޑު ގޮތެއްގައި އިންޒާރު ދީފަ އެވެ.

އެ މައްސަލަ 15 ސެޕްޓެމްބަރު 2025 ގައި ފުލުހަށް ހުށަހެޅި  ނަމަވެސް، 11 މަސް ދުވަސް ވީއިރު ވެސް އެއްވެސް ތަފްސީލެއް ނުދީ އޮތުމަށްފަހު، 24 އޮގަސްޓު 2026 ގައި މައްސަލައިގެ ތަހުގީގު އޮފިސަރު(އައިއޯ) ސާޖިދު ވަނީ ފޭސްބުކުން މައުލޫމާތު ނުލިބޭ ކަމަށް ބުނެ އެ މައްސަލަ ފައިލްކުރިކަން އާމިރަށް އަންގާފަ އެވެ. އަދި މި މައްސަލަ ފައިލްކުރިކަން އެންގިތާ އެއް ދުވަސް ފަހުން އަނެއްކާ ވެސް އާމިރު ސަލީމަށް މިފަދަ ނުރައްކާތެރި އިންޒާރެއް ވަނީ ލިބިފަ އެވެ.

އެގޮތުން، 2026 އޮގަސްޓް 25 ވަނަ ދުވަހު އިތުބާރު ހުރި މަސްދަރަކުން ރާއްޖެ ޓީވީ އަށް އެ މައުލޫމާތު ލިބިފައިވަނިކޮށް، ޕަބްލިކް އެކައުންޓެއް ކަމަށްވާ 'އެކްސް' ގައި އާންމުކޮށް މައުލޫމާތު ހާމަކުރާ "ހަސަން ކުރުސީ" ނަމަކަށް ކިޔާ އެކައުންޓަކުން ވެސް ވަނީ ފޮޓޯއަކާއެކު މިފަދަ ޕޯސްޓެއް ކޮށްފަ އެވެ. އެ ޕޯސްޓުގައި ބުނެފައިވަނީ، ވެރިކަންކުރާ ޕީއެންސީ އިން ރާއްޖެ ޓީވީގެ އާމިރާއި އެމްޑީޕީގެ މަޖިލިސް މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އަށް ހަމަލާ ދިނުމަށް ބަޔަކަށް ފައިސާ ދީފައިވާ ކަމަށެވެ. އަދި މި ހަމަލާ ދޭން އުޅޭ ސީދާ މަގުސަދެއް އަދި ސާފުވެފައި ނުވާ ކަމަށާއި، އެ ދެ މީހުންގެ ފަރާތުން މިފަދަ ކަމެއް މެދުވެރިވާންޖެހޭ ފަދަ ވަކި ވާހަކައެއް ދައްކާފައިވާކަން އެނގެން ނެތް ކަމަށާއި، މި ނުރައްކަލުގެ މައުލޫމާތު މިހާރު ވަނީ އާމިރު އާއި ކުޑޫގެ ސަމާލުކަމަށް ގެނެވިފައި ކަމަށް ބަޔާންކޮށް އެކަން ސަމާލުކަމަށް ގެނެސްފަ އެވެ. މި މައްސަލަ ވެސް ރާއްޖެޓީވީގެ ފަރާތުން ފުލުހުންނަށް ހުށަހެޅި އެވެ. ނަމަވެސް މިއަދާ ހަމަ އަށް މި މައްސަލައިގެ އެއްވެސް ތަފްސީލެއް ރާއްޖެޓީވީ އަށް ވެސް އަދި އާމިރު ސަލީމަށް ވެސް ދީފައެއް ނުވެ އެވެ. 

މީގެ އިތުރުން، މިދިޔަ ހުކުރު ދުވަހު ދ. މީދޫގައި ހަރަކާތްތެރިވަމުންދިޔަ ރާއްޖެ ޓީވީގެ ޓީމަށް ހަމަލާދީ މާރާމާރީ ހިންގަން އުޅުނު މައްސަލަ ފުލުހުންނަށް ހުށަހަޅަން ދިއުމުން، އެ މައްސަލަ ބަލައިގަތުމުގެ ބަދަލުގައި ފުލުހުން އެންގީ ރަސްމީ ދުވަހެއްގެ ރަސްމީ ގަޑީގައި އައުމަށެވެ. ނަމަވެސް މޯލްޑިވްސް ޕޮލިސް ސަރވިސްއަކީ 24 ގަޑިއިރު ޚިދުމަތް ދޭންޖެހޭ މުއައްސަސާއަކަށް ވާއިރު، މިފަދަ ސީރިއަސް މައްސަލަތަކުގައި ފުލުހުންގެ ފަރާތުން މިފަދަ އަމަލެއް ފެނުމަކީ އިންތިހާއަށް ކަންބޮޑުވާ ކަމެކެވެ.

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން|ރާއްޖެ ޓީވީ

ނޫސްވެރިންނަށާއި ރާއްޖެޓީވީ އަށް އަމާޒުކޮށް ފާޅުގައި ދޭ މިފަދަ ނުރައްކާތެރި އިންޒާރުތައްދޭ އެކައުންޓްތަކުގެ ސްކްރީންޝޮޓްތަކާއެކު މައްސަލަ ސީރިއަސްކޮށް ބަލައިދިނުމަށާއި، ތަހުގީގު ނިމެންދެން ސްޓޭޝަނަށާއި މުވައްޒަފުންނަށް ދޭންޖެހޭ ރައްކާތެރިކަން ދިނުމަށް އެދިފައިވީ ނަމަވެސް އެކަށީގެންވާ ގޮތެއްގައި ނުބަލައި، ފުލުހުންގެ ފަރާތުން ފައިލްކުރަމުންދާތީ ރާއްޖެޓީވީން ވަނީ އެކަމާމެދު އިންތިހާއަށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން

7 އޮކްޓޯބަރ 2013 ގައި ރާއްޖެޓީވީ ރޯކޮށްލާ ސްޓޭޝަން އަނދާއަޅިއަށް ހަދާލި ހާދިސާގެ ތެރެއިން|ރާއްޖެ ޓީވީ

މީގެ ކުރިން ވެސް ސިޔާސީ މަގުސަދުތަކުގައި ރާއްޖެޓީވީ އަންދާލައި ބޮޑެތި ގެއްލުންތަކެއް ދީފައިވާތީ، މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހެން ދެވޭ އިންޒާރުގެ މައްސަލަ ރާއްޖެޓީވީން ދަނީ ފުލުހުންނަށް ހުށަހަޅަމުންނެވެ.