މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުގެ
ޗީފް އޮޕަރޭޓިން އޮފިސަރު (ސީއޯއޯ) ގެ މަގާމުގައި ހުންނެވި މަރިޔަމް ޝިއުނާ އެ މަގާމުން
ސަސްޕެންޑުކޮށްފި އެވެ.

ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި
ޝިއުނާ ސަސްޕެންޑުކުރުމަށް ނިންމީ ޕެންޝަން އޮފީހުގެ ބޯޑުގެ ބައެއް މެންބަރުންގެ މެދުގައި
އޭނާއާ މެދު ހިތްހަމަނުޖެހުންތަކެއް ހުރުމާ ގުޅިގެންނެވެ. ނަމަވެސް، އޭނާ ސަސްޕެންޑުކުރަން
ޖެހުނު ސީދާ ސަބަބެއް މިހާތަނަށް އެއްވެސް ރަސްމީ އިދާރާއަކުން ހާމަކޮށްފައެއް ނުވެ
އެވެ.

ޝިއުނާ ޕެންޝަން އޮފީހުގެ ސީއޯއޯގެ މަގާމާ ހަވާލުވެވަޑައިގަތީ
2023 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.

ޕެންޝަން އޮފީހުގެ އިސް މަގާމަކާ ހަވާލުވެވަޑައިގަތުމުގެ
ކުރިން ޝިއުނާ ވަނީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސާގެ މަގާމުވެސް ފުރުއްވާފަ
އެވެ.

ޝިއުނާ ސަސްޕެންޑުކުރި މައްސަލައާ ގުޅިގެން ޕެންޝަން
އޮފީހުން އިތުރު ތަފްސީލެއް ދީފައިނުވާއިރު، އެ އޮފީހުގެ ބޯޑުން މި ފަހުން ގިނަ
ބަޔަކު އިސްތިއުފާ ވެސް ދީފައިވެ އެވެ.