ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ނިސްބަތްވެވަޑައިގަންނަވާ ރައްޔިތުންގެ މަޖިލީހުގެ 16 މެންބަރުން ޕާކިސްތާނުގެ އިސްލާމްއާބާދް އަށް ވަޑައިގެންފި އެވެ.
މި ވަފުދުގައި އިސްކޮށް ހުންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން އަބްދުއްރަހީމް އަބްދުﷲ ކަމަށް ޕީއެންސީ އިން ބުނެ އެވެ. އަދި މި ދަތުރާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ، މިއީ ޕީއެންސީ އިން އަމިއްލަގޮތުން ކުރާ ދަތުރެއް ކަމަށެވެ.
މިއީ ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހުގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށާއި މި ދަތުރުގައި ޕާކިސްތާނުގެ ގާނޫނު ހަދާ މަޖިލީހަށް ޒިޔާރަތްކުރައްވާ އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މި ވަފުދުން ބައްދަލުކުރައްވަައި ތަޖުރިބާ އާއި ހިޔާލު ބަދަލުކުރައްވާނެ ކަމަށް ވެސް ޕީއެންސީ އިން ބުނެ އެވެ.