ސްޓޭޓް އިލެކްޓްރޯނިކް ކޮމްޕެނީ (ސެޓެލްކޯ) އަށް ގޮސް ޝަކުވާ ކުރުމުން 17،000 ރުފިޔާ އަރާފައިވާ ކަރަންޓު ބިލެއް 1000 ރުފިޔާ އަށް އަދި 12،000 ރުފިޔާ އަރާފައިވާ ކަރަންޓް ބިލެއް 600 ރުފިޔާ އަށް ކުޑަކޮށްދީފި އެވެ. 

17،643.31 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 1000.74 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ
17،643.31 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 1000.74 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ

ރާއްޖެޓީވީގެ "ފަށާއިރު" ޕްރޮގްރާމަށް މާލޭގައި ދިރިއުޅޭ ރައްޔިތެއް މައުލޫމާތު ދިން ގޮތުގައި އެ އާއިލާ އެހެން ގެޔަކަށް ބަދަލުވެ ދިރިއުޅެން ފެށިތާ އެއް މަސް ތެރޭގައި އައިސްފައިވާ ކަރަންޓު ބިލަށް ވަނީ 17،643.31 ރުފިޔާ އަރާފަ އެވެ. ނަމަވެސް ގޭގެ ވެރިފަރާތުން ބިލު ހިފައިގެން ސްޓެލްކޯ އަަށް ގޮސް މިވަރުގެ ބޮޑު އަދަދެއް އެރުމުން އެކަމުގެ ޝަކުވާ ކުރުމުން ސްޓެލްކޯ އިން ވަނީ އެ ބިލް 1000.74 ކުޑަކޮށްފައި ކަމަށް އޭނާ ބުންޏެވެ.

12،998.39 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 675.32 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ
12،998.39 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 675.32 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ
17،643.31 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 1000.74 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ

17،643.31 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 1000.74 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ|ރާއްޖެ އެމްވީ

މީގެ އިތުރުން، މާލޭގައި ދިރިއުޅޭ އިތުރު ރައްޔިތަކު ވެސް ވަނީ "ފަށާއިރު" ޕްރޮގްރާމަށް އެ ގޭގެ ކަރަންޓް ބިލަށް 12،998.39 އަރާފައިވާ ކަމަށް ބުނެ މައުލޫމާތު ދީފަ އެވެ. އަދި އެ ބިލު ހިފައިގެން ސްޓެލްކޯއަށް ދިޔުމުން 657.32 އަށް ކުޑަ ކޮށްދީފައިވާ ކަމަށް އޭނާ ބުންޏެވެ.

 12،998.39 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 675.32 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ

12،998.39 ރުފިޔާ އަރާފައިވާ ކަރަންޓު ބިލު 675.32 ރުފިޔާ އަށް ކުޑަކޮށްދީފައިވޭ|ރާއްޖެ އެމްވީ

ކޮންމެ މަހެއްގެ ވެސް ކަރަންޓު ބިލު ލިބުމުން ކަރަންޓު ބިލު ބޮޑުވެގެން ރައްޔިތުންގެ ޝަކުވާތަކުގެ އަޑު ދުވަހެއް ދުވަހަކަށް އަންނަނީ ގަދަވަމުންނެވެ. އަދި ސްޓެލްކޯއިން ގަސްތުގައި ކަރަންޓް ބިލް ބޮޑުކުރަމުންދާ ކަމަށް ވެސް ގިނަ އަދަދެއްގެ ރައްޔިތުން އަންނަނީ ތުހުމަތު ކުރަމުންނެވެ. 

ކަރަންޓް ބިލް ބޮޑުވާކަމުގެ ޝަކުވާތަކާ އެކު ސްޓެލްކޯގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ހުސައިން ފަހުމީ ވަނީ ކަރަންޓު ބިލު ބޮޑުވަނީ ހަމައެކަނި ރާއްޖޭގައި ނޫންކަމަށާއި، މިފަހުން ބިލުތައް ބޮޑުވަނީ ދުނިޔޭގެ ހޫނުމިން މައްޗަށް ދިއުމުގެ ސަބަބުން، ބޭނުންކުރާ ކަރަންޓު އިތުރުވެގެންކަމަށް ވިދާޅުވެފަ އެވެ.