މާލޭ ގަލޮޅު
ހުވަފެނީގޯޅީގައި މާރާމާރީއެއް ހިނގައި އެކަކު ޒަޚަމްވެއްޖެ އެވެ.

މި މާރާމާރީ
ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނީ ބުދަ ދުވަހުގެރޭ ދަންވަރު
02:32 އެހައިކަންހާއިރުއެވެ.

ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި މާރާމާރީގައި އަނިޔާވީ އުމުރުން
35 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން
ހާމަކުރި ތަފްސީލުތަކަށް ބަލާއިރު، މި މާރާމާރީ ހިނގާފައިވަނީ ހުވަފެނީގޯޅީގެ ސަރަހައްދުގައި
ބަޔަކު އެއްވެގެންނެވެ. މި ހާދިސާގައި އަނިޔާވި މީހާއަށް ފަރުވާދިނުމަށްޓަކައި އައިޖީއެމް
ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށް ފުލުހުން މައުލޫމާތުދެ އެވެ.

މި މައްސަލައާ
ގުޅިގެން ފުލުހުން އިތުރަށް ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާކަމަށެވެ.

މި މައްސަލައާ
ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.