މިސަރުކާރުން ހަރަދުކުޑަކުރަން އިހުލާސްތެރިކަމާއެކު އެއްވެސް ކަމެއް ކުރާތަން ނުފެންނަ ކަމަށް ވ. ތިނަދޫ ކައުންސިލްގެ ކުރީގެ ރައީސް ސުޖާއު އަލީ ވިދާޅުވެއްޖެ އެވެ.  

ރާއްޖެޓީވީގެ "ފަލަސުރުހީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސުޖާއު ވިދާޅުވީ އާދައިގެ މުވައްޒަފުން މަދުކޮށްފައި މިނިސްޓަރުން ފެންވަރު ފަދަ ބޮޑެތި މަގާމުތަކަށް މީހުން އައްޔަނުކުރުމަކީ ހަރަދު ކުޑަކުރުމެއް ނޫން ކަމަށެވެ. 

މީގެއިތުރުން ދައުލަތް ހިންގުމުގަޔާއި ދައުލަތަށް ލިބޭ އާމްދަނީންނާއި މަޝްރޫއުތައް ހިންގުމުގައި ވެސް އިސްރާފު ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އަޅުގަނޑަށް ހީވަނީ ރައީސުލްޖުމްހޫރިއްޔާ މިފަހުން އިއުލާން ކުރެއްވި އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިންނެއްގެ ވާހަކަ ދެއްތޯ. އަޅުގަނޑަށް ހީވަނީ މި ކެމްޕެއިނުގައި އެންމެ ފުރަތަމަ ބައިވެރި ވީ ދައުލަތުގެ ބަޖެޓުހެން، ދައުލަތުގެ ބަޖެޓް ރައީސް އެ ބުނުއްވި ކަމަކަށް ވަރަށް ބޮޑަށް އިހުތިރާމު އަދާކުރައްވައިފި 
ސުޖާއު އަލީ

ރަށްރަށުގެ މިސްކިތްތައް ބެލެހެއްޓުމާއި ރަށްރަށުގެ މަގުތައް ދިއްލާ، މަގުތައް ސާފުކުރުން ފަދަ ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކަށް ބަޖެޓް ކަނޑާލާފައި ނަމަވެސް ރައީސް މުއިއްޒު ބޭނުންފުޅުވާ ކަންކަމަށް ހަރަދު ކުރަމުންދާ ކަމަށް ސުޖާއު ވިދާޅުވި އެވެ. 

އަދި ހަރަދު ކުޑަކުރުމުގެ ނަމުގައި ހަފްތާ ފެށޭއިރު ކުންފުނި އުވާލާއިރު ހަފްތާ ނިމޭއިރު އައު ކުންފުންޏެއް އުފައްދާ ކަން ފާހަގަކުރައްވައި، ސުޖާއު ވަނީ މިސްކިތްތައް ބަލަހައްޓަން ކުންފުންޏެއް އުފެއްދީ ކައުންސިލްތަކަށް ދެމުންދާ ބަޖެޓު ކުޑަކޮށް އެ ފައިސާ ސަރުކާރުގެ ކޮންމެ ވެސް ކަމަކަށް ބޭނުންކުރަން ކަމަށް ތުހުމަތު ކުރައްވާފަ އެވެ.