ދ. ހުޅުދެލީގައި އައުޓް ޑޯ ޖިމް ގާއިމުކުރުމުގެ މަސައްކަތް ނިމިދިޔަ މަޖިލިސް އަދި ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް ފަށާފައިވީ ނަމަވެސް އަދިވެސް އެ މަސައްކަތް ކުރިއަށް ނުދާތީ ހުޅުދެލި ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ހުޅުދެލި ކައުންސިލްގެ ރައީސް އަހުމަދު ނަސްރު ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މި މަސައްކަތް އެންމެ ފަހުން ހަވާލު ކުރީ 2025 ވަނަ އަހަރު ޖުލައި މަހު ފެނަކަ ކުންފުންޏަށް ކަމަށެވެ. އަދި އައުޓް ޑޯ ޖިމް ގާއިމުކުރާ ބިން ފެނަކައާ ހަވާލުކުރުމަށް ޔޫތު މިނިސްޓްރީން އެދުމުން ބިމުގެ އިތުރުން އެތަނަށް ބޭނުންވާ ތަކެތި ވެސް ހަވާލުކޮށްފައި ވާނެ ކަމަށް ވިދާޅުވި އެވެ.
ނަސްރު ވިދާޅުވީ އައުޓް ޑޯ ޖިމް ގާއިމުކުރަން ބޭނުންވާ ތަކެތި އެއީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކައުންސިލަށް ހަވާލުކޮށްފައިވާ ތަކެތި ކަމަށެވެ.
އަދި ކައުންސިލްގެ ގުދަނުގައި އައުޓް ޑޯ ޖިމަށް ބޭނުންވާ ތަކެތި ހުރުމުން ދަތިތަކާއި ކުރިމަތި ލާން ޖެހޭ ކަމަށް ވިދާޅުވެ ނަސްރު ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައި އެވެ.
އެތަކެތި އަދިވެސް ފެނަކައަށް ނުނެގިގެން އަޅުގަނޑުމެން އަނެއްކާ ސިޓީއެއް ޑްރާފްޓް ކޮށްފައި އިންނާނެ އެ ތަކެތި އެޓްލީސްޓް ނަގައިދޭށޭ. އަޅުގަނޑުމެން ގަދަނުގައި ނެތޭ އެ ތަކެތި ބަހައްޓާކަށް ޖާގައެއް އެވެސް މި ހަމަ އަވަސް ކުރަން ވެގެން. އަނެއްކާ ޔޫތު މިނިސްޓްރީއަށް އިންނާނެ ސިޓީއެއް ޑްރާފްޓް ކޮށްފައި ފެނަކައިން މިތަކެތި ނަގާ ނުދިން ކަމަށްއަހުމަދު ނަސްރު
ކޮންމެ އިންތިހާބަކާ ދިމާކޮށް ކޮނެފައި ފިލާ ޖަހާކަން ފާހަގަކުރައްވައި ނަސްރު ވިދާޅުވީ އެ ފިލާތަށް ވެސް މިހާރު ވީ ފީވެގެން ގޮސްފައި ކަމަށެވެ.