ކުރީގެ ރައީސް އަބްދުﷲ ޔާމީން އަށް މެސެޖެއް ދެއްވުމަށް ޓޫރިޒަމް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވި ކަމަށް ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއު ދެއްކެވި ވާހަކަ އަކީ ދޮގެއްކަން ފަަޅާއަރައިފި އެވެ.

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް

ޕީއެންސީގެ ފަރާތުން އެންމެ ފަހުން ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝުޖާއު ވިދާޅުވީ، ތިން މިނިސްޓަރަކު ގުޅުއްވައި ރައީސް ޔާމީން އަށް މެސެޖެއް ދެއްވުމަށް އެދިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ޓޫރިޒަމް މިނިސްޓަރު އަމީން ވެސް ގުޅުއްވި ކަމަށާއި، ވައިޑް ބޮޑީގެ ދެ ވަނަ އެއަރކްރާފްޓް ރާއްޖެ ގެނައުމަށް ތައްޔާރުވެފައިވާ ވާހަކަ ރައީސް ޔާމީން އަށް ދެންނެވުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް
Raajje.mv

ތިން މިނިސްޓަރުންގެ މެސެޖު ރައީސް ޔާމީން އަށް

ބުރާސްފަތި ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީންއާ މިކަމާ ގުޅިގެން ސުވާލު ދެންނެވުމުން އެންމެ ފުރަތަމަ ވިދާޅުވީ، އެއްވެސް މީހަކު މެދުވެރިކޮށް އެއްވެސް މީހަކަށް މެސެޖެއް ދޭން ވިދާޅުވެފައި ނުވާނެ ކަމަށެވެ. 

އެއާއެކު މިނިސްޓަރު އަމީން ވިދާޅުވީ، މި ބައްދަލުވުމަކީ ޓޫރިޒަމް މިނިސްޓްރީ އިން ހިންގާ ވަރަށް މުހިންމު ކަންތައްތަކެއްގެ މައުލޫމާތު ހިއްސާކުރެއްވުމަށް ބާއްވާ ނޫސްވެރިންގެ ބައްދަލުވުމެއް ކަމަށެވެ. އަދި މި ބައްދަލުވުމުގައި ހުންނެވީ ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށާއި، ނޫސްވެރިޔާ ދެންނެވީ ޒާތީ ސުވާލެއް ކަމަށެވެ. 

ނަމަވެސް ދެ ވަނަ ފަހަރަށް ނޫސްވެރިޔާ އެ ސުވާލު ތަކުރާރުކުރުމުން މިނިސްޓަރު އަމީން ވިދާޅުވީ، ކޮންމެ ބޭފުޅަކު ވިދާޅުވި ނަމަވެސް އެއީ ރަނގަޅު ވާހަކައެއް ކަމަށާއި ރާއްޖޭގެ ޤައުމީ އެއަރލައިން އިން ވައިޑް ބޮޑީ ގެނައުމަކީ ފަޚުރުވެރިވާން ޖެހޭ ކަމެއް ކަމަށެވެ. 

އެކަން ފާާހަގަކުރައްވާ ތަކުރާރުކޮށް މިނިސްޓަރު އަމީން ވިދާޅުވީ، އޭނާ އަކީ އެއްވެސް ފަރާތެއް މެދުވެރިކޮށް އެއްވެސް މެސެޖެއް ދެއްވުމުގެ ބޭނުމެއް އޮތް މީހެއް ނޫން ކަަމަށެވެ. އެއަށް ފަހު މިނިސްޓަރު ވިދާޅުވީ، ދެން އެކަން އިތުރަށް 'އެނަލައިޒް' ކުރާނީ ނޫސްވެރިން ކަމަށެވެ.