ވެމްކޯގެ
ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ، އެއްވެސް އިންޒާރެއް ދިނުމަކާ
ނުލައި ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި އެވެ.

ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ
ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ

ފަޒްލާއަކީ
ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭ ސިޓީގެ މޭޔަރުކަމަށް ކުރިމަތިލެއްވިއިރު،
މުއިއްޒު އެ މަޤާމަށް އިންތިޚާބު ކުރުމަށްޓަކައި އެންމެ އިސްކޮށް އަދި އެންމެ އިޚުލާސްތެރިކަމާއެކު
މަސައްކަތް ކުރެއްވި އެއް ބޭފުޅާ އެވެ.

ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ
ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ

ފަޒްލާ މަޤާމުން
ވަކިކޮށްފައިވާކަން އަންގައި ވެމްކޯއިން އޭނާއަށް ލިއުން ފޮނުވާފައިވަނީ މިދިޔަ ހޮނިހިރު
ދުވަހު އެވެ. އެ ކުންފުނިން ފޮނުވި ލިއުމުގައިވާ ގޮތުން އޭނާ މަޤާމުން ވަކިކޮށްފައިވަނީ
ކުންފުނީގެ "ރިޑަންޑެންސީ" އުސޫލުގެ ދަށުންނެވެ. ނަމަވެސް، މި ނިންމުން ނިންމާފައިވަނީ
އެއްވެސް އިންޒާރެއް ދުރާލާ ދިނުމެއް ނެތި ކަމަށް މައުލޫމާތު ލިބެ އެވެ.

ފަޒްލާ ވެމްކޯގެ
ޖެނެރަލް މެނޭޖަރުގެ މަޤާމަށް އައްޔަނު ކުރެއްވީ 2024 ވަނަ އަހަރުގެ އޭޕްރީލް މަހުގެ
29 ވަނަ ދުވަހު އެވެ.

ނަން ނުޖެހުމަށް
ޝަރުތުކޮށް ފަޒްލާގެ ގާތް ބޭފުޅަކު "ރާއްޖެއެމްވީ" އަށް މައުލޫމާތު ދިން
ގޮތުގައި، ފަޒްލާއަކީ ރައީސް މުއިއްޒު މޭޔަރުކަމުގެ މަޤާމަށް ވާދަކުރެއްވި ދުވަސްވަރު،
އަމިއްލަ ގޭގައި ކޯލް ސެންޓަރެއް ހަދައިގެން ރައީސް މުއިއްޒު ހޮއްވެވުމަށް އަމަލީ ގޮތުން
ބުރަ މަސައްކަތްތަކެއް ކުރެއްވި ފަރާތެކެވެ. އަދި މުއިއްޒު މޭޔަރުކަމަށް ވަޑައިގަތުމަށްފަހު،
މާލޭ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ އެކި މަސައްކަތްތަކުގައި ވެސް އޭނާ ވަނީ ވަރަށް
އިޚުލާސްތެރިކަމާއެކު ރައީސް މުއިއްޒާއެކު މަސައްކަތްކުރައްވާފަ އެވެ.

ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ

ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ|ފޭސްބުކް

އޭގެ
ފަހުން ރިޔާސީ ކެމްޕޭނުގައި ވެސް މުއިއްޒު ރައީސްކަމަށް ހޮއްވެވުމަށް އޭނާ ވަނީ
މަސައްކަތް ކޮށްދެއްވާފަ އެވެ.

މި މައްސަލައާ
ގުޅޭގޮތުން ފަޒްލާގެ ބަހެއް ހޯދުމަށް "ރާއްޖެއެމްވީ" އިން އޭނާއަށް ފޯނުން
ގުޅައި އަދި މެސެޖު ކުރުމުންވެސް އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.

ފަޒްލާ އަކީ ޕީޕީއެމް އާއި ޕީއެންސީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވި ބޭފުޅެކެވެ. ކުރިން އެމްޑީޕީގެ ވެރިކަމާއި ދެކޮޅަށް ހިންގި މުޒާހަރާތަކާއި ހަރަކާތްތަކުގައި ވެސް އޭނާ ވަނީ އިސް ދައުރެއް އަދާކުރައްވާފަ އެވެ. މިދިޔަ މެއި މަހު އޭނާ ވަނީ ޕީއެންސީގެ ސެނެޓުން އިސްތިއުފާ ދެއްވުމުގެ އިތުރުން، އެ ޕާޓީ އިން ވެސް ވަކިވެވަޑައިގަންނަވާފަ އެވެ. 

ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ

ވެމްކޯގެ ޖެނެރަލް މެނޭޖަރުގެ މަޤާމުގައި ހުންނެވި ފާތިމަތު ފަޒްލާ|ފޭސްބުކް

ސަރުކާރުގެ
ކުންފުނިތަކުގެ އޮނިގަނޑަށް ބަދަލު ގެނައުމުގެ ނަމުގައި، އާންމު މުވައްޒަފުން ވަޒީފާއިން ވަކިކުރަމުންދާ މައްސަލައިގައި
ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. ވަކިކުރާ ގިނަ މުވައްޒަފުންނަށް އަންގަމުންދަނީ
އެއީ ކުންފުނީގެ ޚަރަދު ކުޑަކުރުމަށް ނިންމާ ނިންމުމެއްގެ ގޮތުގަ އެވެ. ނަމަވެސް
ސަރުކާރުން ގެންދަނީ އައު ވަޒީފާތަކަށް ބޮޑެތި މުސާރައިގައި މީހުން ނަގަމުންނެވެ.