އެލް ސޯފާގެ ކަންތަކުގައި ފަޟީހަތްވީ ރައީސް ޑރ. މުހައްމަދު
މުއިއްޒު ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެ އެވެ.
ޕީއެންއެފްގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން
ވިދާޅުވީ މުޅި ޖުޑީޝަރީ އެއްކޮށް ރައީސް މުއިއްޒުގެ މުށުތެރެއަށް ލައްވައި، ގެގް އޯޑަރު
ނެރުއްވުމުން ފަޟީހަތްވެ ވަޑައިގަންނަވަނީ ރައީސް މުއިއްޒު ކަމަށެވެ.
ރާއްޖޭގެ
ހުރިހާ ކަންކަމެއް ކުރަން ޖެހިފައިވަނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކު ކަމަށް ފާހަގަކުރައްވާ ރައީސް ޔާމީން ވިދާޅުވީ، ރައީސް
މުއިއްޒު ވިދާޅުވާ ގޮތަށް އެމަނިކުފާނު ބޭނުންފުޅު ހުރިހާ ކަމެއް ކޮށްދިނުމަކީ ޤާނޫނާ
ޚިލާފު ކަމެއް ކަމަށެވެ. އަދި ގާނޫނު އަސާސީގެ ދަށުން ބާރުތައް ދީފައިވާ
މުއައްސަސާތަކުގެ މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށް ގެންދިޔުމުގެ ފުރުސަތު
އެބޭފުޅުންނަށް ދިނުމަށް ރައީސް ޔާމީން ވަނީ ގޮވާލައްވާފަ އެވެ.
އެންމެ ފުރަތަމަ ހުވާކުރުމުގެ ރަސްމިއްޔާތުގެ ކުރިން ރައީސް މުއިއްޒު ހޮވިގެން ދަރުބާރުގޭގައި ވާހަކަ ދައްކަމުން ބުނި ތިމަންނައާ އެކު އުޅެވޭނީ ތިމަންނަ ބުނާ ކަންތައް ކުރާ މީހުންނަށޭ. ގާނޫނު އަސާސީގައި އޮންނަނީ އެހެންނެއް ނޫން. ގާނޫނު އަސާސީގައި މި އޮންނަނީ ރާއްޖޭގައި ބޮޑުތި ހުރިހާ ކަންތައްތަކެއް ކުރަންވާނީ ވަޒީރުންގެ މަޖިލީހުގެ ލަފަޔާ އެކީގައޭ. އެހިސާބުން ފެށިގެން ރައީސް މުއިއްޒު މިވަނީ ގާނޫނާ ހިލާފު ވެފަ ހުރީ. ހަގީގަތުގެގައި ނޫސްވެރިއެއްގެ ފާރާތުން ބޭނިގެން ރައްޔިތުން ކުރިމަތީ ބޮޑަށް ފަލީހަތްވީ މުއިއްޒު ނުންތޯ. ތި ސޯފާ ކަންތަކުގައި ނޫސްވެރިއަކު ސުވާލުކުރުމުން ގެގް އޯޑަރު ނެރެ ހަގީގަތުގައި ފަޟީހަތް ވެގެން ދިޔައީ ރައީސް މުއިއްޒުރައީސް ޔާމީން
ރައީސް ޔާމީން ވިދާޅުވީ ގްރީން ބިލްޑިންގް ރޯކޮށްލުމުގެ
މަސައްކަތުގައި އުޅުނު މީހާ އަކީ ރައީސް މުއިއްޒުއާ ގާތް ގުޅުމެއް އޮންނަ މީހެއްކަން
ދިވެހި ފުލުހުންނަށް ވެސް އެނގޭނެ ކަމަށެވެ. އަދި އޭސީސީ އަށް ހުށަހަޅާފައިވާ
މައްސަލަތައް ގެއްލިފައިވަނީ ވެސް ރައީސް މުއިއްޒުގެ އިހުމާލުން ކަމަށް ރައީސް
ޔާމީން ވިދާޅުވި އެވެ.
މި މައްސަލައާ ގުޅިގެން އެ ވާހަކަ
ސީދާކޮށް ވެސް އަދި ނުސީދާކޮށް ވެސް ދެއްކުން މަނާކޮށް މުޅި ރާއްޖެ އަށް ކްރިމިނަލަ ކޯޓުން
ވަނީ މި އަހަރުގެ މެއި މަހު އަމުރެއް ނެރެފަ އެވެ. އަދި ކޯޓުން މައްސަލަ
ނިމެންދެން އެ ހާދިސާއާ ގުޅުންހުރި ވީޑިއޯ ޑޮކިއުމަންޓަރީ މުޖުތަމައުގެ ތެރޭގައި ދައުރު
ނުކުރުމަށާއި މި
ޑޮކިއުމަންޓަރީގައި ގެނަސްދީފައިވާ އެއްވެސް ވާހަކައެއް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ވިޔަސް ނުދެއްކުމަށާއި ޝަރީއަތަށް ހުށަހެޅިފައި މިވާ ޑޮކިއުމަންޓަރީއާ ގުޅުވައި މައްސަލައިގެ ޙަސްމަކާއި
ނުވަތަ ކުށުގެ
ޝިކާރައަށްވީ މީހާގެ އެއްވެސް ވާހަކައެއް ނުދެއްކުމަށް ވަނީ އަމުރުކޮށްފަ އެވެ.
ކްރިމިނަލް
ކޯޓުން ނެރެފައިވާ އަމުރާ ހިލާފުވި ކަމަށް ކަނޑައަޅައި، އަދަދު ނޫހުގެ ދެ
ނޫސްވެރިން ކަމަށްވާ މުހައްމަދު ޝަހުޒާން އަދި ލީވާން އަލީ ނާސީރު ވަނީ ގާނޫނީ
އެހީތެރިކަން ހޯދަން އެކަށީގެންވާ ވަގުތު ނުދީ އަވަސް އަރުވާލައިގެން ޝަރީއަތް
ބާއްވައި، ދެ ނޫސްވެރިންނަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ވެސް ކޮށްފަ އެވެ.