ދިވެހިރާއްޖޭގެ
ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުގައި ހުންނެވި އަލްއުސްތާޛު އިބްރާހީމް މާހިރު، ޝަރަފުވެރިކަމާއެކު
މަގާމުން ރިޓަޔަރ ކުރައްވައިފި އެވެ.

ފަނޑިޔާރު
މާހިރު ރިޓަޔަރ ކުރެއްވިކަން ހައިކޯޓުން އާދިއްތަ ދުވަހު ވަނީ ރަސްމީކޮށް އިއުލާނު ކުރައްވާފަ
އެވެ.

ފަނޑިޔާރު
އިބްރާހީމް މާހިރު މަގާމުން ރިޓަޔަރ ކުރެއްވުމަށް އެދި ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ)
އަށް ހުށަހަޅުއްވާފައިވަނީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގަ އެވެ. އެ ހުށަހެޅުއްވުމާ
ގުޅިގެން، ގާނޫނާއި ގަވާއިދުގެ ތެރެއިން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ނިންމުމަށްފަހު،
ރަސްމީކޮށް މިހާރު ވަނީ މަގާމުން ވަކިވެވަޑައިގެންފަ އެވެ.

މާހިރު ރިޓަޔަރ ކުރެއްވުމާ ގުޅިގެން ހައިކޯޓުން ވަނީ އެމަނިކުފާނު ޝަރުއީ ދާއިރާއަށާއި ހައިކޯޓަށް
ކޮށްދެއްވާފައިވާ އަގުހުރި ހިދުމަތްތަކަށް ޝުކުރު ދަންނަވާފަ އެވެ.

ފަނޑިޔާރު
އިބްރާހީމް މާހިރަކީ ޝަރުއީ ދާއިރާގައި 20 އަހަރަށްވުރެ ދިގު މުއްދަތަކަށް ހިދުމަތް
ކުރައްވާފައިވާ ބޭފުޅެކެވެ. ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އެމަނިކުފާނު އައްޔަނު
ކުރެއްވީ 25 ސެޕްޓެމްބަރު 2025 ގައެވެ. ހައިކޯޓުގެ ފަނޑިޔާރުކަމާ ހަވާލުވެވަޑައިގަތުމުގެ
ކުރިން، މާހިރު ވަނީ ފެމިލީ ކޯޓުގެ އިސްގާޒީކަމުގެ މަގާމު ވެސް ފުރުއްވާފަ އެވެ.

ޝަރުއީ ދާއިރާގެ
އެކި މަރުހަލާތަކުގައި މަސައްކަތް ކުރައްވާފައިވާ ފަނޑިޔާރު އިބްރާހީމް މާހިރަކީ ގާނޫނީ ދާއިރާގެ ތަޖުރިބާކާރު
ބޭފުޅެކެވެ.