ވީނުވީއެއް ނޭނގި މާލެއިން 25 އަހަރުގެ އަންހެނަކު ގެއްލިގެން ހޯދަމުންދާކަމަށް ފުލުހުން
ބުނެފި އެވެ.

ހޮނިހިރު ދުވަހު ފުލުހުން ބުނީ ގެއްލިގެން ހޯދަމުން ދަނީ ލ.މުންޑޫ ގުލްޒާރުގެއަށް ނިސްބަތްވާ އުމުރުން 25
އަހަރުގެ މަރިޔަމް މާއީ ޖަމީލް ކަމަށެވެ. އަދި އޭނާ ދިރިއުޅެމުން ދަނީ މާލޭގައި ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ. 

މާއީ ގެއްލިފައިވާކަން ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ސެޕްޓެމްބަރު 1 ވަނަ
ދުވަހުގެ ފަތިހުގެ ވަގުތެއްގަ ކަމަށް އެ މުއައްސަސާއިން ބުނެފައިވެ އެވެ. 

މާއީ އާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ނަމަ
ހެންވޭރު ޕޮލިސް އިންވެސްޓިގޭޝަން ނަންބަރު 9400053 ނުވަތަ ދިވެހި ފުލުހުންގެ
ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111 އަށް މައުލޫމާތު ހިއްސާކުރުމަށް ފުލުހުން
ވަނީ އެދިފައި އެވެ.