ކަޅު ބާޒާރުގައި
ޑޮލަރުގެ ވިޔަފާރި ކުރަމުން އައި ހަ ބިދޭސީއަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

މި އޮޕަރޭޝަން
ކުރިއަށް ގެންދިޔައީ ކަޅު ބާޒާރުގައި ޑޮލަރު ވިއްކާ ފަރާތްތައް ހޯދަން އެކުލަވާލާފައިވާ
ގައުމީ ލެވެލްގެ ޓާސްކްފޯހަކުން އިމިގްރޭޝަން ޑިޕާޓްމަންޓާ ގުޅިގެންނެވެ.

މި
މައްސަލައިގައި ހައްޔަރުކުރި ބިދޭސީންގެ ފޮޓޯ އާއި ވަނަވަރު ފުލުހުން ވަނީ އާންމުކޮށްފަ
އެވެ.

ފުލުހުން
މީޑިއާތަކާ ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި ފަރާތްތަކަކީ ހުއްދަ ދެވިފައިވާ
މަސައްކަތުގެ ދާއިރާގެ ބޭރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ ވިޔަފާރީގައި ހަރަކާތްތެރިވަމުން
އައި ފަރާތްތަކެކެވެ. ތިން އަހަރެއްހާ ދުވަހުގެ ތެރޭގައި އެ ބިދޭސީންގެ އެކައުންޓުތަކުގައި
1.6 މިލިއަން ޑޮލަރާއި 54 މިލިއަން ރުފިޔާ ދައުރުކޮށްފައިވާކަން ފާހަގަކުރެވިފައިވެ
އެވެ.

ފުލުހުން
ހާމަކުރި ތަފްސީލުތަކުން ދައްކާ ގޮތުގައި ގާނޫނާ ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދާ
ފައިސާ ލޯންޑަރ ކޮށް ދައުރު ކުރުމަށް ބައެއް ދިވެހިންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓުތަކާއި
ވިޔަފާރިތައް ބޭނުން ކުރަމުން އައިކަން ފާހަގަކުރެވިފައިވެ އެވެ. މިއީ ވަރަށް ސީރިއަސް
މައްސަލައެއްކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން
ނެރުނު ބަޔާނުގައި އެއްވެސް ފަރާތެއްގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓް އެހެން
ފަރާތަކުން ހިންގާ ގާނޫނާ ހިލާފު އަމަލުތަކަށް މަގުފަހިކުރުމަށް ދޫކުރުމަކީ އެމީހެއްގެ
މައްޗަށް ވެސް ކުށުގެ ބައިވެރިވިއެއްގެ ހައިސިއްޔަތުން ގާނޫނީ ފިޔަވަޅު އެޅިދާނެ ކަމެއްކަން
ހަނދާން ކޮށްދީފައިވެއެވެ.