ނިމިގެންދިޔަ ދައުރުގައި ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ހަތް ބިލެއް
ރައީސް ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފި އެވެ.
ރައީސް މުއިއްޒު މި ބިލުތައް ތަސްދީގު ކުރައްވާފައިވަނީ ހޯމަ ދުވަހު ރައީސް
އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި އެވެ.
ރައީސް މުއިއްޒު ތަސްދީގު ކުރެއްވި ބިލުތަކުގެ ތެރޭގައި ރިސޯޓުތަކަށް ލިބޭ
ޑޮލަރުގެ 40 އިންސައްތަ ރާއްޖޭގެ ބޭންކުތަކަށް މާރުކުރަން މަޖުބޫރުވާ ގޮތަށް
ގާނޫނަށް ގެނައި އިސްލާހު އަދި ޑޮލަރުގެ ރަސްމީ ރޭޓަށްވުރެ ބޮޑުކޮށް ޑޮލަރު ވިއްކާ، އަދި އެ ވާހަކަ ދެއްކުން މަނާ ކުރާ ގޮތަށް ގާނޫނަށް ގެނައި ބަދަލު ހިމެނެ އެވެ.
ހަމައެއާއެކު ފަޅު ރަށްރަށް ކުއްޔަށް ދިނުމުގެ އެންމެހާ ބާރެއް
ރައީސުލްޖުމްހޫރިއްޔާ އަށް ލިބިވަޑައިގަންނަވާ ގޮތަށް އަލަށް ފާސްކުރި ގާނޫނާއި މަސްވެރިކަމުގެ
ގާނޫނަށް ދެވަނަ އިސްލާހު ގެންނަ ބިލު ވެސް ވަނީ ތަސްދީގުކުރައްވާފަ އެވެ.
މީގެ އިތުރަށް އެއްގަމު ދަތުރުފަތުރާ ގުޅޭ ބިލު އަދި ޓެކްސް ނެގުމާއި ބެހޭ
އިދާރީ ގާނޫނާއި އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނުގެ ބިލެއް ވެސް ރައީސް
މުއިއްޒު ވަނީ ތަސްދީގުކުރައްވާފަ އެވެ.
ނަމަވެސް މަޖިލީހުން ފާސްކޮށްފައިވާ ބިލުތަކުގެ ތެރެއިން ކައުންސިލުތަކުގެ ބިންތައް
ސަރުކާރަށް އަތުލެވޭ ގޮތަށް ގާނޫނަށް ގެނަސްފައިވާ އިސްލާހު ރައީސް މުއިއްޒު ތަސްދީގުކުރައްވާފައި ނުވެ އެވެ.