އަމާން އުދަރެސް ޓަަވަރަކުން ކުއްޖަކު ވެއްޓިއްޖެ އެވެ.
ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ބުނީ، ހުޅުމާލެ ފޭސް 2، އަމާން އުދަރެސް 2 ގެ 3 ވަނަ ފަންގިފިލާ އިން ބޭރަށް ކުއްޖަކު ވެއްޓިފައިވާ އޮގަސްޓު 31 ވަނަ ދުވަހުގެ 11:35 އެހައިކަންހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
ވެއްޓިފައިވަނީ 16 އަހަރުގެ ދިވެހި އަންހެން ކުއްޖެއް ކަމަށާ އެ ކުއްޖާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނެފައި ވަނީ އެ ރިޕޯޓު ލިބުމާއެކު ސީންގައި ފުލުހުންނާ ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.