ރ. މަޑުއްވަރީގައި ފުޅާދާއިރާއެއްގައި މަސްތުވާތަކެތި ވިޔަފާރި ކުރާ ކަމުގެ
ތުހުމަތުގައި 2 މީހަކު ހައްޔަރުކޮށްފި އެވެ.
ހޯމަ ދުވަހު ފުލުހުންގެ އިދާރާ އިން ނެރެފައިވާ ނޫސް ބަޔާނުގައި ބުނެފައި ވަނީ، އެ މީހުން
ހައްޔަރު ކުރީ ޑްރަގް އެންފޯސްމަންޓާއި މަޑުއްވަރީ ފުލުހުންނާއި ކައުންޓަރ
ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަންގައި އޮގަސްޓު 28 ވަނަ
ދުވަހު ކަމަށެވެ.
މި އޮޕަރޭޝަންގައި މަޑުއްވަރީ ހަތް ގެއެއް ބަލާ ފާސްކޮށް، ހަތް މީހަކު
ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ. އަދި ބެލުމުގެ ދަށަށް ގެންދިޔަ ދެ
މީހުން ފިޔަވައި އެހެން އެންމެން ވަނީ ދޫކޮށްލައިފަ އެވެ.
މި މައްސަލައާ ގުޅިގެން
ހައްޔަރު ކޮށްފައިވަނީ މަޑުއްވަރީއަށް ނިސްބަތްވާ 27 އަހަރުގެ މުހައްމަދު މުއިއްޒު
އަދި މަޑުއްވަރީ އަށް ނިސްބަތްވާ 29 އަހަރުގެ އާދަމް އާސިމް އެވެ. އެ މީހުންގެ
ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިކުރުމުގެ ކުރިން މުއިއްޒު ދިހަ
ދުވަހަށް އަދި އާސިމް ހަތް ދުވަހަށް ބަންދު ކުރުމަށް ވަނީ އަމުރުކޮށްފަ އެވެ.
މި އޮޕަރޭޝަނުގައި ފެނުނު
މަސްތުވާތަކެތީގެ ވަގުތީ ބަރުދަނަކީ 53.05 ގުރާމު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މި މައްސަލަ ފުލުހުންގެ އިދާރާ އިން ދަނީ
އިތުރަށް ތަހުގީގު ކުރަމުންނެވެ.