އިނގިރޭސިވިލާތަށް ދިވެހިރާއްޖެ އިން ކަނޑައަޅުއްވާ ސަފީރު ކަމަށް ޖަމީލާ
އަލީ ހާލިދު އައްޔަނުކުރައްވައިފި އެވެ.
ރައީސް އޮފީހުގައި ހޯމަ ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ސަފީރު ކަމުގެ
ފަތްކޮޅު ޖަމީލާ އަށް އެރުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
ޖަމީލާ ވަނީ
މީގެ ކުރިން ރާއްޖެ އިން ޖަރުމަނުވިލާތަށް ކަނޑައަޅުއްވި ސަފީރުގެ މަގާމާއި ސިވިލް ސަރވިސް ކޮމިޝަންގެ ނައިބު ރައީސްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.
އިނގިރޭސިވިލާތަށް
ރާއްޖެއިން މީގެ ކުރިން ކަނޑައަޅުއްވާފަ ހުންނެވި ސަފީރަކީ އިރުތިޝާމް އާދަމް
އެވެ. ނަމަވެސް ފޮރިން މިނިސްޓަރުގެ މަގާމަށް އިރުތިޝާމް އައްޔަނުކުރެއްވުމުގެ
ސަބަބުން އެ މަގާމަށް އޭރު އެއްވެސް ބޭފުޅަކު އައްޔަނުކޮށްފައި ނުވެ އެވެ.