އިހަވަންދިއްޕޮޅުގައި ތަރައްގީކުރާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއު ކުރިއަށްގެންދަން ސިންގަޕޫރުގެ ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓް (ސީ.އޭ.އައި)  އާއެކު ސޮއިކުރި އެއްބަސްވުމަށް 656 ދުވަސް ފާއިތުވެފައިވާއިރު އެ އެއްބަސްވުމުގެ ދަށުން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށް ސަރުކާރުން ބުނެފި އެވެ. ފަހުން އެނގުނު ގޮތުގައި ސިންގަޕޫރުގެ އެ ކުންފުންޏަކީ މަނީ ލޯންޑަރިންގ ތުހުމަތުގައި ސިންގަޕޫރުގެ ރަސްމީ އިދާރާތަކުން ތަހުގީގު ހިންގަމުން ގެންދާ ކުންފުންޏެކެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ (އެމް.އީ.ޖީ) މަޝްރޫއު އިތުރަށް ތަރައްގީކުރުމަށްޓަކައި ފްރޭމްވޯކް އެއްބަސްވުމުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް (އެމް.އައި.ޑީ.އެފް.ޒެޑް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް އަދި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީ.އޭ.އައި) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ޓޭން ކުން ޗިއާއޯ ޖޯޖް
މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ (އެމް.އީ.ޖީ) މަޝްރޫއު އިތުރަށް ތަރައްގީކުރުމަށްޓަކައި ފްރޭމްވޯކް އެއްބަސްވުމުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް (އެމް.އައި.ޑީ.އެފް.ޒެޑް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް އަދި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީ.އޭ.އައި) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ޓޭން ކުން ޗިއާއޯ ޖޯޖް

އިހަވަަންދިއްޕޮޅުގައި ބައިނަލްއަގުވާމީ ފެންވަރުގެ ބަނދަރެއް ތަރައްގީކުރުމަށް ސިންގަޕޫރުގެ ސީ.އޭ.އައި އާއި މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން (އެމް.އައި.ޑީ.އެފް.ޒެޑް) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 9 ވަނަ ދުވަހު އެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެމް.އައި.ޑީ.އެފް.ޒެޑްގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމެވެ. އަދި ސީ.އޭ.އައި ކުންފުނީގެ ފަރާތުން ސޮއިކުރައްވާފައިވަނީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު ޓޭން ކުން ޗިއާއޯ ޖޯޖެވެ.

ސޮއިކުރުމާ ގުޅިގެން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނި ގޮތުގައި، މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ތަސައްވުރާ އެއްގޮތަށް، ރާއްޖޭގެ އިގްތިސާދު ފުޅާކުރުމަށް ކުރިއަށްގެންދާ "މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ" މަޝްރޫއުގެ ދަށުން ސޮއިކުރެވުނު އެއްބަސްވުމެކެވެ.

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ (އެމް.އީ.ޖީ) މަޝްރޫއު އިތުރަށް ތަރައްގީކުރުމަށްޓަކައި ފްރޭމްވޯކް އެއްބަސްވުމުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް (އެމް.އައި.ޑީ.އެފް.ޒެޑް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް އަދި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީ.އޭ.އައި) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ޓޭން ކުން ޗިއާއޯ ޖޯޖް

މޯލްޑިވްސް އިކޮނޮމިކް ގޭޓްވޭ (އެމް.އީ.ޖީ) މަޝްރޫއު އިތުރަށް ތަރައްގީކުރުމަށްޓަކައި ފްރޭމްވޯކް އެއްބަސްވުމުގައި، މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީ ޒޯން ޕަބްލިކް ލިމިޓެޑް (އެމް.އައި.ޑީ.އެފް.ޒެޑް) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު ޝިމާދު އިބްރާހީމް އަދި ކެޕިޓަލް އޭޝިއާ އިންވެސްޓްމަންޓްސް (ސީ.އޭ.އައި) ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް ކޮމާޝަލް އޮފިސަރު (ސީ.ސީ.އޯ) ޓޭން ކުން ޗިއާއޯ ޖޯޖް|އެމްއައިޑީއެފް

އިކޮނޮމިކް މިނިސްޓްރީން އިތުރަށް ހާމަކުރި ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން އިހަވަަންދިއްޕޮޅަކީ ވިޔަފާރިއާއި ލޮޖިސްޓިކްސްގެ މައި މަރުކަޒަކަށް ހެދުމަށް ރޭވިފައިވާ ބިޔަ މަޝްރޫއުގެ މަސައްކަތްތައް ބަހާލެވިފައިވާ ގޮތާއި، އެ މަސައްކަތްތައް ކުރިއަށްދާނެ ދާއިރާތައް ކަނޑައެޅުމަށް މަގުފަހިވެގެންދާނެ އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރކަން ވެސް ކުރައްވާ ޝިމާދު އިބްރާހިމް ވިދާޅުވީ، ފްރޭމްވޯކް އެގްރީމެންޓްގެ ދަށުން ރަސްމީ އެއްބަސްވުމެއްގައި ހަމަސް ދުވަހުގެ ތެރޭގައި ސޮއިކުރެވޭނެ ކަމަށާއި ސީ.އޭ.އައި އިން މި މަޝްރޫއުގެ ފުރަތަމަ ހަމަސް ދުވަހު އިންވެސްޓް ކުރަން 100 މިލިއަން ޑޮލަރު ކަނޑައަޅާފައި ކަމުގަ އެވެ.

ބަންކަރިންގ އާއި ޕޯޓް ފެސިލިޓީ އަކާއި، ކްރޫޒް ޓޫރިޒަމް އާއި ރިއަލް އެސްޓޭޓް އަދި އެކްސްޕޯޓް ޒޯނެއް އޮންނަ ގޮތަށް ރައީސް ސޯލިހުގެ ސަރުކާރުންވެސް ރާވާފައިވާ މި މަޝްރޫއު މި ސަރުކާރުން ސީއައިއޭ އާއެކު ކުރިއަށް ގެންދާއިރު މި ބައިތައް ހިމެނޭނެ ކަމަށް ސީ.އޭ.އައި ގެ ސީސީއޯ ޓާން ކުން ޗިއާއޯ ސޮއިކުރުމުގެ ރަސްމިއްޔާތުގައި ވަނީ ވިދާޅުވެފަ އެވެ.

ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށް ބޭނުންވާ މުހިންމު މަޝްރޫއުތައް ހިންގުމަށްޓަކައި، ސަރުކާރުގެ ފަސް ކުންފުންޏެއް ހިއްސާވާ ގޮތަށް، ކުރީ ސަރުކާރުން ވެސް ރާވާފައިވާ ގޮތަށް، ޖޮއިންޓް ވެންޗަރ އުސޫލުން އެމް.އައި.ޑީ.އެފް.ޒެޑް އުފައްދާފައިވަނީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގަ އެވެ.

ސީ.އޭ.އައި އާއެކު ސޮއިކުރި އެއްބަސްވުމުގެ ދަށުން މިހާތަނަށް ކުރެވިފައިވަނީ ކޮން މަސަކަތެއްތޯ ރާއްޖެޓީވީން ސުވާލު ކުރުމުން، އެމް.އައި.ޑީ.އެފް.ޒެޑް އިން ލިޔުމުން ދިން ޖަވާބުގައި ބުނެފައިވަނީ އެއްވެސް ކަމެއް ކުރެވިފައި ނުވާ ކަމަށެވެ.

"ފްރޭމްވޯކް އެއްބަސްވުމުގެ ދަށުން އެއްވެސް މަސައްކަތެއް
ފެށިފައެއް ނުވޭ،" އެއްބަސްވުމުގައި ސޮއިކުރި ފަހުން ދެ އަހަރުފުރެން ގާތްވެފައިވަނިކޮށް މޯލްޑިވްސް އިންޑަސްޓްރިއަލް ޑިވެލޮޕްމަންޓް ފްރީޒޯން އިން
ބުނެފައިވެ އެވެ.

ދިވެހި ސަރުކާރުން ސިންގަޕޫރުގެ ސީ.އޭ.އައި އާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނިކޮށް، އެ ކުންފުނިން މަނީ ލޯންޑަރިން ނުވަތަ ކަޅު ފައިސާ ދޮވުމުގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައެއް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަން ފަށާފައިވާ ކަމަށް ސިންގަޕޫރުގެ މީޑިއާ ރިޕޯޓުތަކުން ވަނީ ހާމަވެފަ އެވެ. މި ތަހުގީގުގެ ތެރެއިން އެ ކުންފުނީގެ ދެ ޑައިރެކްޓަރަކު ހައްޔަރުކޮށް، ބޭންކް އެކައުންޓްތަކާއި ސެކިއުރިޓީޒް އެކައުންޓްތަކުގައި ހުރި 160 މިލިއަން ސިންގަޕޫރު ޑޮލަރު (124 މިލިއަން އެމެރިކާ ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ވެސް ވަނީ ސިންގަޕޫރު ސަރުކާރުން ހިފަހައްޓާފަ އެވެ.

ސިންގަޕޫރުގެ މަރުކަޒީ ބޭންކް، މަނިޓަރީ އޮތޯރިޓީ އޮފް ސިންގަޕޫރު (އެމް.އޭ.އެސް) އިން ހާމަކުރި ގޮތުގައި، ސީ.އޭ.އައި ގައި ގާނޫނާ ހިލާފު ހަރަކާތްތަކެއް ހިންގާ ކަމުގެ މައުލޫމާތު އެ އިދާރާއަށް ވަނީ ލިބިފަ އެވެ. އަދި އެ ކުންފުނިން މަނީ ލޯންޑަރިންއާ ދެކޮޅަށް ކަނޑައަޅާފައިވާ އުސޫލުތަކަށް އަމަލުކުރުމުގައި ސީރިއަސް އިހުމާލުތަކެއް ވެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށްވެސް އެމް.އޭ.އެސް އިން ބުނެފައިވެ އެވެ.

މިއަހަރުގެ މާޗް މަހުގެ 10 ވަނަ ދުވަހު އެމް.އޭ.އެސް އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެ ގައުމުގެ ފުލުހުންނާ ގުޅިގެން އެ ކުންފުންޏާ ދެކޮޅަށް ހާއްސަ އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. ނަމަވެސް މި މައްސަލައިގައި ހައްޔަރުކުރި ދެ ޑައިރެކްޓަރުންގެ ނަމެއް އެ އިދާރާއަކުން ހާމައެއް ނުކުރެ އެވެ.

ސީ.އޭ.އައި އާއެކު ސޮއިކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިގްތިސާދީ ތަރައްގީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުހައްމަދު ސައީދު ވިދާޅުވީ، މިއީ ރާއްޖޭގެ އިގްތިސާދު ސިންދަފާތުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ގެންގުޅުއްވާ އަމާޒަށް ވާސިލުވުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، މިއީ ތާރީޚީ ކާމިޔާބީއެއް ކަމަށެވެ.

މީގެ އިތުރުން، މި މަޝްރޫއުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ސީ.އޭ.އައި އިން ނިންމި ނިންމުމަށްޓަކައި އެ ކުންފުންޏަށް އެމަނިކުފާނު ޝުކުރު އަދާކުރެއްވި އެވެ.

އިތުރަށް ވާހަކަދައްކަވަމުން މިނިސްޓަރ ސައީދު ވިދާޅުވީ، ރައީސް މުއިއްޒަކީ މިފަދަ ބޮޑު އަދި އުނދަގޫ މަޝްރޫއެއް ކުރިއަށް ގެންދިއުމުގެ ގާބިލުކަން ހުރި ބޭފުޅެއް ކަމަށެވެ. މި މޭރުމުން ވާހަކަދައްކަވަމުން ވަޒީރު ފާހަގަކުރެއްވީ، އިހަވަންދިއްޕޮޅުގައި މެރިޓައިމް ޚިދުމަތްތައް ފެށުމަށް މީގެ ކުރީގެ ސަރުކާރުތަކުން ނިންމި ނަމަވެސް، އެކަން އަމަލީ ގޮތުން ކުރިއަށް ގެންދެވިފައި ނުވާ ކަމަށެވެ.

"މީގެ ކުރީގެ ބައެއް ސަރުކާރުތަކުން މި ޚިދުމަތް ފެށުމަށް ވިސްނާފައިވޭ. ނަމަވެސް އެކަން ހަގީގަތަކަށް ހެދުމަށް އެއްވެސް އަމަލީ މަސައްކަތެއް ކުރެވިފައެއް ނެތް. އެހެންކަމުން ރައީސް މުއިއްޒަކީ އިންޖިނިއަރިންގެ ދާއިރާއިން ތަޖުރިބާ ލިބިވަޑައިގެން ހުންނެވި، ތައުލީމީ ޒުވާން ބޭފުޅެއްކަން އަޅުގަނޑު ޚާއްސަ ގޮތެއްގައި ފާހަގަކުރަން،" ސައީދު ވިދާޅުވި އެވެ.