މާލޭގެ މާފަންނު ދިލްކުޝާ ގޯޅީގައި ހުންނަ ގެއެއްގައި ބުރާސްފަތި ހިނގި
ގޭސްފުޅިއެއް ލީކުވުމުގެ ހާދިސާގައި އަންހެނަކު ނިޔާވެއްޖެ އެވެ.
ފުލުހުން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގައި
ނިޔާވެފައިވަނީ ދަފްތަރު ނަންބަރު ރސ. 6210 މާލެ އަށް ނިސްބަތްވާ އުމުރުން 51
އަހަރުގެ ޒާހިދާ ތައުފީގު އެވެ. ޒާހިދާ ތައުފީގު ނިޔާވެފައި ވަނީ އައިޖީއެމްއެޗް
ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ކަމަށް ފުލުހުންގެ އިދާރާ އިން ވަނީ ބުނެފަ
އެވެ.
މި ހާދިސާ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ އޮގަސްޓު 27 ވަނަ ދުވަހުގެ
ހެނދުނު 10:34 ގަ ކަމަށް ފުލުހުން މީޑިއާ އަށް ފޮނުވާފައިވާ މެސެޖުގައި ވަނީ ބުނެފައި އެވެ. މި ހާދިސާގައި ނިޔާވި މީހާގެ އިތުރަށް 19 އަހަރުގެ އަންހެން މީހަކަށް އޭޑީކޭ
ހޮސްޕިޓަލުގައި ދަނީ ފަރުވާ ދެމުންނެވެ.
މި މައްސަލަ ދަނީ ތަހުގީގު ކުރަމުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.