މޯލްޑިވްސް
މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ވިޒިޓް މޯލްޑިވްސްގެ މެނޭޖިންގ
ޑިރެކްޓަރުގެ މަޤާމަށް އަބްދުﷲ ޔާސިރު އައްޔަނު ކުރައްވައިފި އެވެ.
އޭނާ އެ
މަޤާމަށް އައްޔަނު ކުރެއްވީ އެ މަގާމުގައި ހުންނެވި އިބްރާހީމް ޝިއުރީ އިސްތިއުފާ
ދެއްވުމާ ގުޅިގެންނެވެ. އެއާއެކު ޔާސިރު ވެފައި މިވަނީ އެ މަޤާމަށް އައްޔަނު ކުރެއްވި
3 ވަނަ މެނޭޖިންގ ޑިރެކްޓަރަށެވެ. މި ސަރުކާރުން އެންމެ ފުރަތަމަ އެ މަގާމަށް
އައްޔަނު ކުރެއްވީ ފާތިމަތު ތައުފީގު (ކުޑީ) އެވެ.
މި
ސަރުކާރު ވެރިކަމާ ހަވާލުވުމަށްފަހު އެމްއެމްޕީއާރްސީގެ މާލީ ހާލަތު ވަނީ ވަރަށް
ބޮޑަށް ގޯސްވެފަ އެވެ. އަދި އެ ހާލަތަށް ދިޔައީ ފިނޭންސް މިނިސްޓްރީން ދޭން
ޖެހޭ ފައިސާ ނުދީގެން ކަމަށް މައުލޫމާތު ލިބޭ ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ ބޯޑު މެންބަރު އަބްދުﷲ ސުއޫދު ވަނީ ރާއްޖެއެމްވީ އަށް
ވިދާޅުވެފަ އެވެ.
އަދި ތަޖުރިބާ
ހުރި މުވައްޒަފުން މަދުވުމަކީ ވެސް އެމްއެމްޕީއާރުސީ އަށް ދިމާވާ މައްސަލަ އެއް
ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.