މިއަދު ދައުލަތް ހިންގަނީ އިސްރާފުގެ މައްޗަށް އިސްރާފުކޮށްގެން ކަމަށް ރައްޔިތުންގެ
މަޖިލީހުގެ ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ ވަހީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ
ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ވަހީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދައުރަށް ތިން އަހަރު ވެގެން ދާއިރު. ދައުލަތުގެ ބަޖެޓު
ހުސްވެގެން ދަނީ އެއްވެސް ރަށެއްގައި މަޝްރޫއެއް ނުނިމި ކަމަށެވެ. އަދި ނިމިދިޔަ
ސަރުކާރުން ފަށައިފައިވާ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާ ކަމަށް އޭނާ
ވިދާޅުވި އެވެ.
ރައީސް
މުއިއްޒު ވައުދުވެ ވަޑައިގަން އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށް ފާހަގަކުރައްވާ ވަހީދު
ވިދާޅުވީ، މި ސަރުކާރުގެ ކުރިއަށް އޮތް ދެ
އަހަރުތެރޭގައި ތަރައްގީގެ އެއްވެސް މަޝްރޫއެއް ހިންގިދާނެ ކަމަކަށް ރައްޔިތުން
ގަބޫލު ނުކުރާ ކަމަށެވެ. އަދި މިހާރު މި ފެނިގެންދަނީ މަޝްރޫއުތައް ކުރިއަށް
ނުދާއިރު، ކުރީގެ ވައުދުތަކުގެ މައްޗަށް ރައީސް މުއިއްޒު ވައުދުވެވަޑައިގަންނަވާ މަންޒަރު ކަމަށް
ވަހީދު ވިދާޅުވި އެވެ.
ތިން އަހަރު ވެގެންދިޔަ އިރު ދައުލަތުގެ ބަޖެޓު ހުސްވެގެން މި ދަނީ އެއްވެސް ރަށެއްގައި އެއްވެސް ކަމެއް ނުކުރޭ. އަދި ކުރީ ސަރުކާރުން ފަށައިފައިވާ އެއްވެސް މަސައްކަތެއް ކުރިއަކަށް ނުގެންދޭ. މިހާރު ރާއްޖޭގެ ރައްޔިތުންނެއް ގަބޫލެއް ނުކުރޭ މި ސަރުކާރަށް ކުރިއަށް އޮތް ތަނުގައި، ބާކީ އޮތް ދެ އަހަރު ތެރޭގައި އެއްވެސް ކަމެއް ކުރެވޭނެ ކަމަކަށް. ވައުދުވެވަޑައިގަން އެއްވެސް ކަމެއް މިއަދު ކުރެވޭނެ ކަމަކަށް ނުފެނޭ. ދެން މިފެނިގެންދަނީ ވައުދުގެ މައްޗަށް ވައުދު ވަމުން ދާތަންއަބްދުﷲ ވަހީދު
ވަހީދު
ވިދާޅުވީ ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ދައުލަތުގެ މިނިސްޓަރުން ވެސް ނުކުރައްވާ ކަމަށެވެ. އަދި މިނިސްޓަރުންނާ ސުވާލުކުރުމުން ވެސް، މަޝްރޫއުތައް ހިނގަމުންދާ
ގޮތުގެ މައުލޫމާތު އެއްވެސް ބަޔަކަށް މިހާރު ނުލިބޭ ކަމަށާއި، އެ ބޭފުޅުން
މަސައްކަތް ކުރައްވަނީ ހުރިހާ ކަމެއް ސިއްރުކުރައްވައިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެއިތުރުން މުސާރައިގެ
ގޮތުގައި އަދި ސަރުކާރުގެ އޮފީސްތައް ހިންގުމަށް ދައުލަތުގެ ބަޖެޓުން އެތައް
ރުފިޔާއެއް ޚަރަދު ކުރާ ކަމަށް ވަހީދު ވިދާޅުވި އެވެ.
ރައްޔިތުންނާއި، ވިޔަފާރިތަކަށް ލިބޭ ގެއްލުންތައް ހައްލު ކުރުމަށް ރައީސް މުއިއްޒު އެއްވެސް
މަސައްކަތެއް ނުކުރައްވާ ކަން ފާހަގަކުރައްވާ ވަހީދު ވިދާޅުވީ މިހާރު މި ފެނިގެންދަނީ
އެއް ދުވަހުން އަނެއް ދުވަހަށް ދިވެހިރާއްޖެ ނިކަމެތިވެ، ރާއްޖޭގެ މާލީ ހާލަތު ގޯސްވަމުންދާ މަންޒަރު ކަމަށެވެ.
ރައީސް
މުއިއްޒު ވެރިކަމަށް ވަޑައިގަތީ ތަރައްގީގެ އެތައް މަޝްރޫއެއް ހިންގުމުގެ ވައުދުފުޅުތަކާ
އެކު އެވެ. ނަމަވެސް މިއަދު ގިނަ ރަށްރަށުގައި މީގެ ކުރިން ފަށައިފައިވާ
މަޝްރޫއުތައް އެއްވެސް ވަރަކަށް ކުރިއަށް ނުދާކަން ރަށްރަށުގެ ރައްޔިތުން ދަނީ ފާހަގަ ކުރަމުންނެވެ. ދައުލަތުން ކޮންމެ އަހަރަކު ކަނޑައަޅާފައިވާ ބަޖެޓުން ބޭކާރު ޚަރަދުތައް ކުރަމުން އަންނަކަމަށް ބުނެ ރައްޔިތުންގެ ޝަކުވާ އިންތިހާ އަށް ބޮޑެވެ.