އޭނާގެ އިދިކޮޅު ފަރާތްތަކަކީ މިހާރު އޮތް ޕީއެންސީ ސަރުކާރު ކަމަށް
އެމްޑީޕީގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވީގެ ފަށާއިރު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ، އޭނާގެ ކެމްޕޭނުގެ މަސައްކަތްތައް ހިނގަމުންދާނީ ވާދަވެރިންނާ އެކު
ކަމަށެވެ. އަދި އެމްޑީޕީގެ މެންބަރުންނާ ނުލައި ޕްރައިމަރީގައި ކާމިޔާބެއް
ނުލިބޭނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
އެމްޑީޕީގެ ޕްރައިމަރީ އަކީ ވާދަވެރި ޕްރައިމަރީ އެއް ކަމަށް ފާހަގަކުރައްވާ ޝާހިދު ވިދާޅުވީ، ޕްރައިމަރީގައި އޭނާއާ ދެކޮޅަށް ނުކުންނަ އެމްޑީޕީ
މެންބަރުންނަކީ އިދިކޮޅު ފަރާތްތަކެއް ނޫން ކަމަށާއި، އެއީ ވާދަވެރިން
ކަމަށެވެ.
ވާދަވެރި ޕްރައިމަރީއެއް މިއީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ވާދަކުރައްވާ އެއްވެސް ބޭފުޅަކީ އިދިކޮޅު ބޭފުޅެއް ނޫން. އެއީ އަޅުގަނޑުގެ ވާދަވެރިން. އަޅުގަނޑުގެ އިދިކޮޅު ފަރާތަކީ މިއަދު މިއޮތް ސަރުކާރު. އެހެންވީމަ އަޅުގަނޑުގެ ކެމްޕޭނު ހިނގާނީ އަޅުގަނޑުގެ ވާދަވެރިންނާ އެކުގައި. އަޅުގަނޑަކަށް މިކަމެއް ނުކުރެވޭނެ އެބޭފުޅުންނާ ނުލައެއްއަބްދުﷲ ޝާހިދު
ޝާހިދު ވިދާޅުވީ އެމްޑީޕީ ސިޔާސީ ޕާޓީއަކަށް ވަނީ އެންމެން އެކުގައި ތިބެގެން
ކަމަށާއި އެއްބައިވަންތަކަން ނެތް ނަމަ ކާމިޔާބު ލިބުން ދަތި ކަމަށެވެ. އަދި
އެމްޑީޕީގެ މައި މަގުސަތަކަށް ވާން ވާނީ ދިވެހިރާއްޖެ ފުދުންތެރި ރާއްޖެއަކަށް
ބަދަލުކޮށް، ރާއްޖޭގެ ރައްޔިތުންނަށް ގޮތެއް ހޯދައިދިނުން ކަމަށް ޝާހިދު
ވިދާޅުވި އެވެ.
އަޅުގަނޑުމެން އެމްޑީޕީއަކަށް ވަނީ އެންމެން އެކުގައި ތިބީމަ. އެހިސާބަށް ނުދެވިއްޖެއްޔާ މިކަމެއް ނުވާނެ. ހަމައެއާއެކު އަޅުގަނޑުމެންނާ ވާދަވެރި ބޭފުޅުންނައް ވެސް އެންމެން އެކުގައި ނުތިބެންޏާ މިކަމެއް ނުވާނެ. އަޅުގަނޑުމެން އެންމެންގެ އެބަ އޮވޭ މާ ބޮޑު، މާ މަތިވެރި މަގްސަދެއް އެއީ މި ރާއްޖެ ފުދުންތެރި ރާއްޖެއަކަށް ބަދަލުކޮށް ރާއްޖޭގެ ނިކަމެތި ރައްޔިތު މީހައަށް ހެޔޮ ގޮތެއް ހޯދުންއަބްދުﷲ ޝާހިދު
2013
ވަނަ އަހަރުން ފެށިގެން ޝާހިދު ދަނީ އެމްޑީޕީގެ އެންމެ ކުރީ ސަފުގައި މަސައްކަތް
ކުރައްވަމުންނެވެ. އަދި ކުރިއަށް އޮތް 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި
ކުރިމަތިލެއްވުމަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރައްވާކަން އޮގަސްޓު މަހުގެ 14 ވަނަ
ދުވަހު ޝާހިދު ވަނީ އިއުލާނުކުރައްވާފަ އެވެ.
މީގެ ކުރިން ޝާހިދު ވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ މަޤާމު
އަދާކުރައްވާފަ އެވެ. ހަމައެއާއެކު ރާއްޖޭގެ ހާރިޖީ ވަޒީރު ކަމުގެ މަޤާމު އަދި
އެމްޑީޕީގެ ރައީސް ކަމުގެ މަޤާމު ވެސް ޝާހިދު ވަނީ އަދާކުރައްވާފަ އެވެ.