އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި އެވެ. 

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި
އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި

އަބްދުﷲ ރަޝީދު އުނގޫފާރު ހޮސްޕިޓަލުގެ ސިޔާސީ އިސް މަގާމަކަށް އައްޔަނުކޮށްފައިވާކަން އިއުލާނުކޮށްފައި ވަނީ ހޯމަ ދުވަހު އެ ހޮސްޕިޓަލުން ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓެއްގައި އެވެ.

އަބްދުﷲ ރަޝީދު އަކީ މިދިޔަ ދައުރުގެ އުނގޫފާރު ކައުންސިލްގެ ރައީސް އެވެ.

ރަޝީދު އައްޔަނުކޮށްފައި މިވަނީ ސަރުކާރުން ހަރަދު ކުޑަކުރަން އެސްއޯއީތަކުން 33 އިންސައްތަ މުވައްޒަފުން ވަކިކުރަމުންދާ ދަނޑިވަޅެއްގައި އެވެ.

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި

އުނގޫފާރު ހޮސްޕިޓަލުގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމަށް އަބްދުﷲ ރަޝީދު އައްޔަނުކޮށްފި|ސޯޝަލް މީޑިއާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހަރަދު ކުޑަކުރުމަށް ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނި ނަމަވެސް، އަދިވެސް އަންނަނީ ސިޔާސީ މަގާމުތަކަށް މީހުން އައްޔަނު ކުރަމުންނެވެ. ޚާއްސަކޮށް، ރައީސްގެ އަރިސް ބޭފުޅުންނާއި ޕީއެންސީގެ އެކި ފަރާތްތަކަށް ވަޒީފާތައް ބަހަމުންދާ ކަމަށް ރައްޔިތުން ދަނީ ބުނަމުންނެވެ.