ހުޅުމާލޭގެ ފޭސް 1 އަދި ފޭސް 2 ގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެ އެވެ.
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ރާއްޖެއެމްވީ އަށް ބުނީ ކަރަންޓު ކެނޑެން ދިމާވީ ޓެކްނިކަލް މައްސަލައަކާ ގުޅިގެން ކަމަށެވެ. އަދި މި މައްސަލައަށް އަވަސް ހައްލެއް ހޯދައި، ވީއެންމެ އަވަހަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
މި ކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މާފަށް އެދިފަ އެވެ.