ނިމިދިޔަ އެމްޑީޕީ ސަރުކާރުން ހއ. ދިއްދޫގައި ތަރައްގީ ކުރަން ފަށައިފައިވާ
ރޯހައުސްތަކުގެ މަސައްކަތްތައް ނިމިފައިވާ ކަމަށް އެސްޖޭ ކޮންސްޓްރަކްޝަން
ކުންފުނިން ބުނެފި އެވެ.
އެސްޖޭ ކޮންސްޓްރަކްޝަނުން ބުނެފައިވާ ގޮތުގައި ރޯހައުސް މަޝްރޫއުގެ ހުރިހާ
މަސައްކަތެއް މިހާރު ވަނީ ނިމިފަައި އެވެ. އަދި ރޯހައުސްތައް ހައުސިން މިނިސްޓްރީ
އަށް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދާ ކަމަށް އެ ކުންފުނިން ވަނީ ބުނެފައި އެވެ.
މި މަޝްރޫއުގައި ވަނީ ދެ ބުރީގެ ޖުމްލަ 75 ޔުނިޓުގެ މަސައްކަތް ހަވާލުކޮށްފަ
އެވެ. މީގެ ތެރެއިން ކޮންމެ ރޯ ހައުސްއެއްގައި ތިން ކޮޓަރި އާއި ތިން ފާހަނަ އާއި ބަދިގެ
އަދި ލިވިންގް ރޫމެއް ހިމެނޭ ކަމަށް ހައުސިން މިނިސްޓްރީއިން ވަނީ ބުނެފަ އެވެ.
ހަމައެއާ އެކު ރޯ ހައުސްތަކުގެ ވަށައިގެންވާ މަގުތަކުގައި ބޮކި ހަރުކުރުމާއި މަގު
ހެދުން އަދި ޕާކިން އޭރިއާއެއް ހެދުމަށް ވަނީ ހަވާލުކޮށްފަ އެވެ.
ހައުސިން މިނިސްޓްރީ އިން ބުނެފައިވާ ގޮތުގައި މި މަޝްރޫއު އެސްޖޭ
ކޮންސްޓްރަކްޝަނަށް ހަވާލުކޮށްފައި ވަނީ ޖުމްލަ 120 މިލިއަން ރުފިޔާއަށެވެ. އެސްޖޭ
ކޮންސްޓްރަކްޝަނުން މި މަސައްކަތް ވަނީ 2022 ވަނަ އަހަރު ފަށައިފަ އެވެ.
މި ރޯހައުސްތަކަށް ކުރިމަތިލުމަށް 2023 ވަނަ އަހަރު ދިއްދޫ ރައްޔިތުންނަށް
ހުޅުވައިލި ނަމަވެސް ހައުސިން މިނިސްޓްރީ އިން ރޯހައުސްތައް ލިބޭ ފަރާތްތައް އަދި
އިއުލާން ކޮށްފައެއް ނުވެ އެވެ.