ކުރިއަށް އޮތް 24 ގަޑިއިރު މުޅި ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށާއި، ކަނޑުތައް ވިލާގަނޑުގައި ގަދަވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ހުކުރު ދުވަހުގެ ހެނދުނު 10:00ން ހޮނިހިރު ދުވަހުގެ ހެނދުނު 10:00ށް އެކިހިސާބަށް ވިއްސާރަކުރުމާއެކު ގުގުރާނެ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރެވެހުން އެކަށީގެންވާ ކަަމަށެވެ. އަދި ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައިގަދަވުން އެކަށީގެންވާ ކަަމަށް އެ އިދާރާއިން ބުނެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ. އަދި ރާޅުގެ އުސްމިނުގައި 2 ނުވަތަ 4 ފޫޓު ހުންނާނެ ކަމަށެވެ. 

ރާއްޖޭގެ މޫސުން ގޯސްވެފައިވާތީ މޫސުމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ. އަދި ޚާއްސަކޮށް މެދުރާއްޖެތެރެއާއި ދެކުނުގައި ދިރިއުޅޭ މީހުން، މޫސުމަށް ސަމާލުވުމަށް އެދިފައިވެ އެވެ.