މާލެސިޓީ، މާފަންނުގައި ހުންނަ ގެސްޓްހައުސެއްގެ ތެރޭގައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ. 

ބުރާސްފަތި ދުވަހު ފުލުހުން ބުނީ މަރުވެފައި އޮއްވާ ފެނުނީ ހއ. މޮޅަދޫ، އޮސަނިކްވިލާ، އުމުރުން 45 އަހަރުގެ އިބްރާހީމް ނައީމް ކަމަށެވެ. 

ގެސްޓް ހައުސެއްގައި މީހަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ ބުރާސްފަތި ދުވަހު ހަވީރު 05:51 ހާއިރު ކަމަށް ފުލުހުން ބުނެ އެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.