ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ށ. ފޯކައިދޫގައި އަލަށް އިމާރާތްކޮށް ހުޅުވި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓައި ދޫކޮށްލާފައިވާ ކަމަށާއި، އިންޖީނުގެ ސާފުނުކޮށް ކަޅުތެޔޮ ލީކުވުމުގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ މައްސަލައެއް ފެންމަތިވެއްޖެ އެވެ. 

ޖަނަރޭޓަރަކުން ކަޅުތެޔޮ ފައިބާފައި. އެތަން ސާފުނުކުރާތާ ވަރަށް ދުވަސްފައިވާ ކަމަށް އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނޭ
ޖަނަރޭޓަރަކުން ކަޅުތެޔޮ ފައިބާފައި. އެތަން ސާފުނުކުރާތާ ވަރަށް ދުވަސްފައިވާ ކަމަށް އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނޭ

މިމަހުގެ 16 ވަނަ ދުވަހު ފެނަކަ ކޯޕަރޭޝަންގެ ވަޒީފާއިން ވަކިކުރި މުވައްޒަފަކު މައުލޫމާތު ދިން ގޮތުގައި، ފޯކައިދޫ ބްރާންޗުގެ ޕަވަރ ހައުސް އެއްވެސް ވަރަކަށް ސާފުނުކުރާތާ މިހާރު ވަނީ އަހަރެއްހާ ދުވަސްވެފަ އެވެ. ޖުމްލަ 54 މުވައްޒަފުން މަސައްކަތްކުރަމުންދާ މި ބްރާންޗުގައި، އެތަން ސާފުނުކުރަނީ އެއީ އެމްޑީޕީ ސަރުކާރުގައި ހަދާފައިވާ ތަނަކަށް ވާތީ ކަމަށާއި، މިހާރު ތިއްބެވި ވެރިން މުވައްޒަފުންނަށް އެތަން ސާފުނުކުރުމަށް އަންގާފައިވާ ކަމަށް އޭނާ ތުހުމަތު ކުރި އެވެ.

ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި
ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

ރަނގަޅަށް ނުބެލެހެއްޓުމުގެ ސަބަބުން އިންޖީނުގެ ހަލާކުވަމުންދާއިރު، ބައެއް ހޮޅިތަކުގައި ދަބަރު ޖަހައި، ފެނާއި ތެޔޮ ލީކުވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފަ އެވެ. އަދި އިންޖީނުތަކުން ކަޅުތެޔޮ އެޅި، ތަން ވަރަށް ބޮޑަށް ހަޑިވެފައިވާއިރު، ފެން ދޫކުރާ ޕަންޕު ހަލާކުވެ، ފެން ޕްލާންޓުން ފެން ފައިބަމުންދާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ.

ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ލިބިފައިވާއިރު، ފެންހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވި ނަމަވެސް ރަނގަޅަށް މާރާމާތު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކޮށްފައިވޭ
ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ލިބިފައިވާއިރު، ފެންހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވި ނަމަވެސް ރަނގަޅަށް މާރާމާތު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކޮށްފައިވޭ
ޖަނަރޭޓަރަކުން ކަޅުތެޔޮ ފައިބާފައި. އެތަން ސާފުނުކުރާތާ ވަރަށް ދުވަސްފައިވާ ކަމަށް އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނޭ

ޖަނަރޭޓަރަކުން ކަޅުތެޔޮ ފައިބާފައި. އެތަން ސާފުނުކުރާތާ ވަރަށް ދުވަސްފައިވާ ކަމަށް އެ އޮފީހުގައި މަސައްކަތް ކުރާ މުވައްޒަފުން ބުނޭ

ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ މިހާރު ވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައި

މީގެއިތުރުން، އެ ބްރާންޗުގައި ބޭނުންކުރާ ނަރުދަމާ ވެހިކަލް ވިއްސާރައާއި އައްވައް ދޫކޮށްލާފައި އޮންނަ އިރު، އެއްވެސް ވަރަކަށް ނުބަލަހައްޓާ ކަމަށް މައުލޫމާތު ލިބެ އެވެ. އަދި ފެނަކައިގެ ވެރީން ލައިސެންސް ނެތިވެސް އެ ވެހިކަލް ދުއްވާ ކަމަށް ވެސް ތުހުމަތު ކޮށްފައިވެ އެވެ.  

މިމައްސަލައާ ގުޅޭގޮތުން ޕީއެންސީގައި އިސްކޮށް ހަރަކާތްތެރިވާ ސްޓޭޝަންގެ މެނޭޖަރު އަބްދުﷲ މާހިދު ވިދާޅުވީ، ގަވާއިދުން ފެނަކަ އިންޖީނުގެ އާއި އައު އޮފީސް ސާފު ކުރާ ކަމަށާއި، ބަލަހައްޓާ ކަމަށެވެ. އާއްމުވެފައިވާ ވީޑީއޯތަކަށް އިޝާރާތް ކުރައްވައި މާހިދު ވިދާޅުވީ ފެނާއި ކަޅުތެޔޮ އެޅި، އިމާރާތް އެއްކޮށް ހަޑިވެފައިވާ ވީޑިއޯތަކަކީ ޖަނަރޭޓަރެއް ހަލާކުވެ ނައްޓާލި ވަގުތު ފައިބާފައިވާ އެއްޗެހި ކަމަށެވެ. އަދި ނުރަނގަޅު މައުލޫމާތު ފެތުރުމުގެ ގޮތުން ވީޑިއޯތައް އާއްމުކުރީ ކަމަށް އޭނާ ވިދާޅުވި އެވެ. 

ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ލިބިފައިވާއިރު، ފެންހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވި ނަމަވެސް ރަނގަޅަށް މާރާމާތު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކޮށްފައިވޭ

ށ. ފޯކައިދޫގައި އިންޖީނުގެއާއި އޮފީސް އިމާރާތް ރަނގަޅަށް ނުބަލަހައްޓާތީ ބޮޑެތި ގެއްލުންތަކެއް މިހާރު ވެސް ލިބިފައިވާއިރު، ފެންހޮޅިތައް ފަޅައިގެން ގޮސް ފެން ލީކުވި ނަމަވެސް ރަނގަޅަށް މާރާމާތު ކުރުމުގެ މަސައްކަތް ނުކުރާ ކަމަށް ތުހުމަތު ކޮށްފައިވޭ|ރާއްޖެއެމްވީ

ފޯކައިދޫގައި އަލަށް އިމާރާތްކުރި ޒަމާނީ އިންޖީނުގެއާއި އޮފީސް އިމާރާތް ހުޅުވައިދެއްވީ 4 ފެބްރުއަރީ 2022 ގައި އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. މި މަޝްރޫއުގެ ދަށުން ކުރީގެ ބާ އިންޖީނުގެ ނިއްވާލައި، އައު އިންޖީނުގޭގެ ކެޕޭސިޓީ 1.5 މެގަވޮޓަށް ބަދަލުކޮށް، ޑިސްޓްރިބިއުޝަން ނެޓްވޯކް އާކުރުމަށް 3،000 މީޓަރުގެ ކޭބަލް ވަޅުލައި، ހަތަރު ޓްރާންސްފޯމަރު ބަހައްޓައިގެން ހައިވޮލްޓޭޖް ވިއުގައަކަށް ވަނީ ބަދަލުކޮށްފަ އެވެ. އެއީ ކުރިއަށް އޮތް 50 އަހަރަށް ބޭނުންވާ ވަސީލަތްތަކާ އެކު ތަރައްގީކުރި ތަނެއް ކަމަށް އޭރު ފެނަކައިން ވަނީ ބުނެފަ އެވެ.