މާލެ ސިޓީ މަސް މާރުކޭޓް ސަރަހައްދުގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމުކޮށްލައިފި އެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެރޭ މާލެ މަސް މާރުކޭޓު ސަރަހައްދުގައި މާރާމާރީއެއް ހިންގި ކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނު ކަމަށެވެ. އަދި މި މާރާމާރީގައި ޒަހަމުވި ދިވެހި ފިރިހެނަކަށް އައިޖީއެމްއެޗް އިން ފަރުވާދީފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.