ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނަށް ސިމްކާޑު ލިބުން ދަތިކުރަން ވަޒީރުންގެ މަޖިލީހުން ނިންމައިފި އެވެ. 

16 އޮގަސްޓު 2026 ވީ އާދީއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި، މިކަމާ ބެހޭ ގޮތުން މަޝްވަރާކޮށް ނިންމާފައިވަނީ އަންސްކިލްޑް ބިދޭސީންނަށް، ކޮންމެ ފަރާތަކަށް 1 ސިމްކާޑަށްވުރެ އިތުރަށް ދޫނުކުރާގޮތަށް ހަމަޖެއްސެމުށެވެ.

އަދި ސިމްކާޑު ހަލާކުވެ ނުވަތަ ގެއްލިއްޖެ ޙާލަތެއްގައި، ފުލުހުންނަށް ހުށަހަޅައިގެން ކަނޑައެޅޭ ވަކި ޕްރޮސެސްއެއްގެ ތެރެއިން މެނުވީ އިތުރު ނަންބަރެއް ދޫނުކުރާ ގޮތަށް ހަމަޖެއްސެވުމަށް ވަނީ ނިންމަވާފަ އެވެ.

މީގެ އިތުރުން، ޖަލުތަކަށް ވައްދާ މޯބައިލް ސިމްކާޑުތައް ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކަށް ޤާނޫނީ އަދި އިދާރީ ގޮތުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭކަން ކަށަވަރުކުމަށް ވެސް ވަނީ ނިންމަވާފަ އެވެ.