ދައުލަތުގެ
ބޭހާއި ސިއްހީ ސާމާނު ފޯރުކޮށްދޭ ކުންފުނި، ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި
ކޯޕަރޭޝަން ލިމިޓެޑް (ސްޓޭޓް ފާމާ) ގެ ފައިނޭންސް ޑިވިޜަނަށް އެކައުންޓިންގ މެނޭޖަރަކު
ހޯދުމަށް އެ ކުންފުނިން އިއުލާންކޮށްފި އެވެ.
މި މަގާމަށް
ކުރިމަތިލުމުގެ ފުރުސަތު މިހާރު ވަނީ ޝަރުތު ހަމަވާ ދިވެހި ރައްޔިތުންނަށް ހުޅުވާލާފަ އެވެ.
ސްޓޭޓް ފާމާއިން
ބުނި ގޮތުގައި މި މަގާމަކީ ފުލްޓައިމް ވަޒީފާއެކެވެ. މި މަގާމަށް ހޮވޭ ފަރާތެއްގެ މަސައްކަތް
ބިނާވެފައި އޮންނާނީ ގްރޭޓަރ މާލެ ސަރަހައްދުގަ އެވެ. މިއީ އެ ކުންފުނީގެ މާލީ ކަންކަން
ބެލެހެއްޓުމާއި އެކައުންޓިންގ ދާއިރާގެ އިސް މަސްއޫލިއްޔަތުތަކެއް އަދާކުރަންޖެހޭ މުހިންމު
މަގާމެކެވެ.
މި މަގާމަށް
ހޮވޭ ފަރާތަކަށް އުޖޫރައިގެ ގޮތުގައި މަހަކު 26،500 ދިވެހި ރުފިޔާ ލިބޭނެ ކަމަށް އެ
ކުންފުނީގެ އިއުލާނުގައި ބަޔާންކޮށްފައިވެ އެވެ.
މި މަގާމަށް
ކުރިމަތިލާ ފަރާތްތަކަކީ އެކައުންޓިންގ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ
ލިބިފައިވާ ފަރާތްތަކަށް ވާންޖެހޭނެ ކަމަށް ސްޓޭޓް ފާމާއިން ބުނެ އެވެ. މީގެ އިތުރުން މަސައްކަތުގެ
މާހައުލުގައި ޒިންމާދާރުކަމާއެކު މަސައްކަތް ކުރެވޭނެ ގާބިލުކަން ހުރުމަކީ ވެސް މި މަގާމަށް
މީހުން ހޮވުމުގައި ބަލާނެ މުހިންމު ކަމެކެވެ.
ސްޓޭޓް ފާމަސޫޓިކަލް
އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަނަކީ ރާއްޖޭގެ ސިއްހީ ދާއިރާއަށް ބޭނުންވާ ބޭހާއި
އެހެނިހެން ސާމާނު ފޯރުކޮށްދިނުމުގައި މުހިންމު ދައުރެއް އަދާކުރާ ސަރުކާރުގެ ކުންފުންޏެކެވެ.