ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، ހދ. ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމައި، ކޮމިޝަންކޮށްފި އެވެ. 

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ އާރުއޯ ޕްލާންޓް އިމާރާތް
ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ އާރުއޯ ޕްލާންޓް އިމާރާތް

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން ބުނީ، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތްތައް ނިންމައި، 11 އޮގަސްޓް 2026 ގައި އެ ނިޒާމު ޓެސްޓްކޮށް ކޮމިޝަންކޮށްފައިވާ ކަމަށެވެ. 

މި މަޝްރޫއަކީ އޯޕެކް ފަންޑް ފޯރ އިންޓަނޭޝަނަލް ޑިވެލޮޕްމެންޓް (އޯއެފްއައިޑީ) ގެ ލޯނު އެހީއާއި ދިވެހި ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. ކުރީ ސަރުކާރުގައި މި މަސައްކަތް ހަވާލުކޮށްފައިވަނީ އަލްޓެކް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް އަދި ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރްސީސީ) ޕްރައިވެޓް ލިމިޓެޑްގެ ޖޮއިންޓް ވެންޗަރއާ އެވެ.

ނިޒާމު ޓެސްޓްކޮށް ކޮމިޝަންކުރުމުގެ މަސައްކަތުގައި މިނިސްޓްރީގެ ޓެކްނިކަލް ސްޓާފުންގެ އިތުރުން، މަޝްރޫއުގެ ކޮންޓްރެކްޓަރާއި ފެނަކަ ކޯޕަރޭޝަން އަދި ނެއްލައިދޫ ކައުންސިލުން އަމަލީގޮތުން ބައިވެރިވެފައިވެ އެވެ.

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ އާރުއޯ ޕްލާންޓް އިމާރާތް

ކުރީގެ ރައީސް ސޯލިހުގެ ސަރުކާރުގައި، ނެއްލައިދޫގައި ކުރިއަށްގެންދިޔަ ފެނާއި ނަރުދަމާ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއުގެ ދަށުން ގާއިމުކޮށްފައިވާ އާރުއޯ ޕްލާންޓް އިމާރާތް|މިނިސްޓްރީ އޮފް ހައުސިން، ލޭންޑް އެންޑް އާބަން ޑިވެލޮޕްމަންޓް

6 މެއި 2026 ގައި ހަވާލުކުރި މިމަޝްރޫއުގެ ދަށުން ނެއްލައިދޫގައި ފެން ޓެސްޓް ކުރެވޭނެ އާލާތްތަކާއެކު ޒަމާނީ ލެބޯރަޓަރީއަކާއި އޮފީސް ޖާގަ ހިމެނޭހެން އާރުއޯ ޕްލާންޓް އިމާރާތެއް ގާއިމްކޮށްފައިވެ އެވެ. އަދި ތިމާވެއްޓާ ރައްޓެހި ގޮތަކަށް ނިޒާމު ހިންގުމަށްޓަކައި އެ އިމާރާތުގައި 21 ކިލޯވޮޓްގެ ސޯލަރ ޕެނަލް ވަނީ ހަރުކޮށްފަ އެވެ. ފެނުގެ ނިޒާމުގެ ދަށުން 2 ބޯހޯލް ތޮރުފައި، ދުވާލަކު 35 ޓަނުގެ ފެން އުފެއްދޭ 2 އާރުއޯ ޕްލާންޓާއި، ބޯފެން ރައްކާކުރުމަށް 200 ޓަނުގެ 2 ޓޭންކްގެ އިތުރުން 200 ޓަނުގެ ވާރޭފެން ރައްކާކުރާ ޓޭންކެއް ވަނީ ބަހައްޓާފަ އެވެ.

މީގެއިތުރުން، ރަށުގެ އެކި ސަރަހައްދުތަކަށް ފެން ފޯރުކޮށްދިނުމަށް 8.8 ކިލޯ މީޓަރުގެ ފެނުގެ ވިއުގައެއް ވަނީ އަޅާފަ އެވެ. ނަރުދަމާ ނިޒާމުގެ ދަށުން 7.5 ކިލޯ މީޓަރުގެ ނަރުދަމާ ވިއުގައަކާއި 2 ޕަންޕިންގ ސްޓޭޝަން އަދި ސްވަރޭޖް ޓްރީޓްމަންޓް ޕްލާންޓް ގާއިމްކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.

މި މަޝްރޫއުގެ ދަށުން ސީ އައުޓްފޯލް އެޅުމުގެ މަސައްކަތާއި، ގޭބިސީތަކާއި އެހެނިހެން އިމާރާތްތަކުގައި ކެޗްޕިޓް ބެހެއްޓުމާއި ފެން މީޓަރު ހަރުކުރުމުގެ މަސައްކަތް ވެސް ފުރިހަމަކޮށްފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ. 

މިނިސްޓްރީން ބުނީ، މި މަޝްރޫއުގެ ހުރިހާ އަމަލީ މަސައްކަތެއް ނިމި، ނިޒާމު ޓެސްޓްކޮށް ނިމިފައިވާއިރު، ދެން ކުރިއަށްދާނީ މި ނިޒާމު ރަސްމީކޮށް އޮޕަރޭޓްކުރުމަށް އޮޕަރޭޓަރާ ހަވާލުކުރުމުގެ މަސައްކަތް ކަމަށެވެ.