ހއ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް މޫސުމާ ބެހޭ އޮފީހުން ބުނެފި އެވެ.

އަންގާރަ ދުވަހުގެ މޫސުމާ ބެހޭ ގޮތުން އެ އޮފީހުން ބުނީ މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާ ކުރެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.

މި އަތޮޅުތަކަށް ހުދު ސަމާލު ވަނީ ނެރެފަ އެވެ.