އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައަޅާފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) 30،000 ރުފިޔާއިން ޖޫރިމަނާކޮށްފި އެވެ. 

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ހޯމަ ދުވަހު ނެރުނު އިއުލާނުގައި ބުނެފައި ވަނީ 2025 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓާގެ މާލީ ރިޕޯޓް އަދި އެ އަހަރު އޮޑިޓްކޮށްފައިވާ މާލީ ހިސާބުތައް ކަނޑައެޅިފައިވާ މުއްދަތުގައި ހުށަހަޅާފައި ނުވާތީ އެމްޓީސީސީ ޖުރިމަނާ ކޮށްފައިވާކަން އެކު ންފުންޏަށް 2 އޮގަސްޓް ގައި އަންގާފައި ވާނެ ކަމަށެވެ. 

ސީއެމްޑީއޭއިން ބުނީ އެމްޓީސީސީ ޖޫރިމަނާ ކޮށްފައިވަނީ  ސެކިއުރިޓީޒް ދުކުރާ ފަރާތްތަކުން މައުލޫމާތު ހާމަކުރުމުގެ ޒިންމާއާ ބެހޭ ގަވާއިދުގެ 46 ވަނަ މާއްދާގެ ދަށުން ކަމަށެވެ. 

2025 ވަނަ އަހަރުގެ 4 ވަނަ ކުއާޓާގެ މާލީ ރިޕޯޓަކީ މިއަހަރުގެ މާރޗް 10 ގެ ކުރިން އާންމުކުރަން ޖެހޭ ރިޕޯޓެކެވެ. ނަމަވެސް އެ މުއްދަތު ފަހަނައަޅައި ގޮސް ތިން ފަހަރަށް އިތުރު ވަގުތު ދިނުމަށް އެމްޓީސީސީން އެދިފައިވެ އެވެ.