ނެޝަނަލް ސެންޓަރ ފޯ ދި އާޓްސް (އެންސީއޭ) އަށް
ޑިރެކްޓަރ ޖެނެރަލްގެ މަޤާމަށް މީހަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
މި މަޤާމަށް އަސާސީ މުސާރައަކަށް ލިބޭނީ
18،000 ރުފިޔާ އެވެ. އިނާޔަތްތަކާއެކު މި މަޤާމަށް ލިބޭ މުސާރަ 30،000 ރުފިޔާއަށްވުރެ
ބޮޑުވާނެ އެވެ.
މި މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތަކީ އެންމެ
އިސްވެރިޔާގެ ލަފަޔާއި އިރުޝާދުގެ ދަށުން މަސައްކަތްތައް ރާވައި ހިންގައި ބެލެހެއްޓުމެވެ.
މަސައްކަތުގެ ދާއިރާގެ ގޮތުގައި ހިމެނިފައިވަނީ އާޓިސްޓިކް ފަންނުތައް ދިރާސާކުރުމާއި،
ތަރައްޤީކުރުމާ ގުޅުންހުރި މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި، ފަންނީ މަސައްކަތްތަކާއި
ދިރާސާކުރުމުގެ މަސައްކަތްތަކެވެ.
މި މަޤާމަށް މީހަކު ހޯދަމުންދަނީ ސަރުކާރުން ސަރުކާރުގެ
މުވައްޒަފުންގެ އަދަދު މަދުކުރުމަށް ފިޔަވަޅު އަޅަމުންދާކަމަށް ބުނަމުންދާ ދަނޑިވަޅެއްގަ
އެވެ. ނަމަވެސް ފެންނަމުންދަނީ ބޮޑެތި މުސާރައިގައި މީހުން މަޤާމުތަކަށް އައްޔަނުކުރަމުންދާ
މަންޒަރެވެ.