ޓެރަރިޒަމްގެ މައްސަލައެއްގެ ތުހުމަތުގައި މީހަކު ހޯދަން ފުލުހުން އިއުލާނުކޮށްފި އެވެ.
އެ މައްސަލައިގައި ހޯދަމުން އަންނަނީ ހިޔަލީގެ، ށ. ކޮމަންޑޫ އިބްރާހީމް އަޒުހަދު (36އ) އެވެ.
ފުލުހުން ބުނެފައިވަނީ ޓެރަރިޒަމް އެންޑް ވައިލެންޓް އެކްސްޓްރީމިޒަމް އިންވެސްޓިގޭޝަންސް އިން ތަހުގީގު ކުރަމުންދާ މައްސަލައެއްގެ ތަހުގީގަށް މީހަކު ހާޒިރުކުރަން ބޭނުންވެ، އުޅޭ ވަކިތަނެއް ނޭނގުމުގެ ސަބަބުން ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށެވެ.
އަދި 15 އޯގަސްޓް ވަނަ ދުވަހުގެ 15:00 އަށް ސާޖަންޓު އާދަމް ޙަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގއަށް ހާޒިރުވުމަށް ފުލުހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ. އަދި ހާޒިރު ކުރެވެނީ މައްސަލައިގެ ތުހުމަތުގައި ސުވާލު ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.