ހެލްތު ޕްރޮޓެކްޝަން އެެޖެންސީ (އެޗްޕީއޭ)ގެ ހުރިހާ ހިދުމަތެއް ހުޅުމާލެ އަށް ބަދަލުކޮށްފި އެވެ.
އެޗްޕީއޭއިން ބުނީ އާދިއްތަ ދުވަހުން ފެށިގެން އެ އެޖެންސީގެ ހުރިހާ ހިދުމަތެއް ދެމުން ގެންދާނީ ހުޅުމާލެ ފޭސް އެކެއްގައި، ވެމްކޯ ހުޅުމާލެ އޮފީހާ ޖެހިގެން ހުންނަ މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ކަަމަށެވެ.
މި ބަދަލާއެކު އެޗްޕީއޭއިން ދެމުން ގެންދިޔަ ހުރިހާ ހިދުމަތެއް މެންހަޓަން ގްރޭންޑް ހޮޓަލުގެ ދެވަނަ ފަންގިފިލާގައި ގާއިމުކޮށްފައިވާ އެޗްޕީއޭގެ ކައުންޓަރުން ލިބޭނެ ކަމަށް އެ އެޖެންސީން މައުލޫމާތު ދީފައިވެ އެވެ.
އެޗްޕީއޭ މިހާރު ހިންގަމުން އަންނަނީ ހެލްތު މިނިސްޓްރީ ހުންނަ ރޯޝަނީ ބިލްޑިންގްގަ އެވެ.