ޖަޕާން ސަރުކާރުން 3.7 މިލިއަން ޑޮލަރު ޚަރަދުކޮށްގެން މާލެ-ވިލިނގިލީގައި ތަރައްގީކުރި މެރިޓައިމް ކޯޑިނޭޝަން ސެންޓަރުގެ ހުރިހާ ކުރެޑިޓެއް ރައީސް ޑރ. މުހައްމަދު މުއިއްޒު ނަންގަވަން އުޅުއްވައިފި އެވެ. މިކަމާ ބެހޭ ގޮތުން ރައީސް އޮފީހުން ޝާއިއުކުރި ޚަބަރުގައި ބުނެފައިވަނީ މިއީ ސަރުކާރުން އެޅި އިމާރާތެއް ކަމަށާއި، މިއީ ރައީސް މުއިއްޒު ކޯސްޓްގާޑުގެ ގާބިލުކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެއް ކަމަށެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ޖަޕާނު ސަރުކާރާ ދެމެދު، ދިވެހިރާއްޖޭގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް (އެމްއާރްސީސީ) ބިނާކުރުމަށްޓަކައި 3.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

މި ސެންޓަރު ހުޅުވުމާ ގުޅޭ ގޮތުން ރައީސް އޮފީހުން ޝާއިއު ކުރި ޚަބަރު ގައި ޖަޕާނުގެ ނަން ވެސް ގެނެސްފައި ނުވާކަން ފާހަގަ ކުރެވެ އެވެ.

ޖަޕާން ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖަޕާން ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

މަޝްރޫއާ ބެހޭ ރެކޯޑުތަކުން ސާފުކޮށް ފެންނަން އޮތް ގޮތުގައި މި އިމާރާތަކީ ޖަޕާނު ސަރުކާރުން ޚަރަދުކުރާ ގޮތައް ކުރިއަށް ގެންދިޔަ މަޝްރޫއެކެވެ. އަދި ޖަޕާނު ސަރުކާރުން މަޝްރޫއު ކުރިއަށް ގެންދަން ހަވާލު ކުރީ ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އަށެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ގާއިމުކުރާ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް 2022 ޖޫން 20 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

އެގޮތުން ޔޫއެންއޯޑީސީ އާއި ޖަޕާނު ސަރުކާރާ ދެމެދު، ރާއްޖޭގައި އައު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް (އެމްއާރުސީސީ) ބިނާކުރުމަށްޓަކައި "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރީ 2021 ވަަނަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ ޚަބަރުގެ ސްކްރީން އިމޭޖެއް
މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ ޚަބަރުގެ ސްކްރީން އިމޭޖެއް
ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ޖަޕާނު ސަރުކާރާ ދެމެދު، ދިވެހިރާއްޖޭގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް (އެމްއާރްސީސީ) ބިނާކުރުމަށްޓަކައި 3.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) އާއި ޖަޕާނު ސަރުކާރާ ދެމެދު، ދިވެހިރާއްޖޭގައި މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރެއް (އެމްއާރްސީސީ) ބިނާކުރުމަށްޓަކައި 3.7 މިލިއަން އެމެރިކާ ޑޮލަރުގެ އެއްބަސްވުމެއްގައި ސޮއިކުރަނީ|ޔޫއެންއޯޑީސީ

ޔޫއެންއޯޑީސީގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) މެދުވެރިކޮށް ކުރިއަށްގެންދާ ގޮތަށް ހަމަޖެއްސި މި މަޝްރޫއުގެ ދަށުން، އެމްއާރުސީސީގެ އިމާރާތް ތަރައްގީ ކުރުމާއި، ކަނޑުމަތީގައި ހިންގާ ސާޗް އެންޑް ރެސްކިއު ނުވަތަ މީހުން ހޯދާ ސަލާމަތްކުރުމުގެ މަސައްކަތްތަކާއި، ކަނޑުމަތީގެ ގާނޫނުތައް ތަންފީޒުކުރާ އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުން ހިމެނޭ ކަމަށް މިކަމާ ބެހޭ ގޮތުން ޔޫއެންއޯޑީއެސް އިން ނެެރެފައިވާ ބަޔާނެއްގައި ބުނެފައިވެ އެވެ.

މި އެއްބަސްވުމުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ. އަދި ޔޫއެންއޯޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ އިދާރާގެ އެގްޒެކެޓިވް ޑައިރެކްޓަރު ގާދާ ވަލީ ކަނޑައެޅުއްވި މަންދޫބު، ކްރިމިނަލް ޖަސްޓިސް އެންޑް ކްރައިމް ޕްރިވެންޝަން އޮފިސަރު މަސަޓޯމޯ ޔަމަގޫޗީ އެވެ. ސަރުކާރުން މަޝްރޫއުގެ ލިޔުމުގައި ސޮއިކޮށްފަ އެއް ނުވެ އެވެ. މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އޭރުގެ މިނިސްޓަރ އޮފް ޑިފެންސް، ޗީފް އޮފް ޑިފެންސް ފޯސް، މިނިސްޓަރ އޮފް ސްޓޭޓް ފޯ ފޮރިން އެފެއާޒް، ކޯސްޓްގާޑުގެ ކޮމަަންޑަންޓް، ޖަޕާނު އެމްބަސީގެ އިސް ބޭފުޅުން އަދި ރާއްޖޭގައި ތިއްބަވާ ޔޫއެންއޯޑީސީގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވި އެވެ.

ޖަޕާން ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން

ޖަޕާން ސަރުކާރާއި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އާ ދެމެދު "އެކްސްޗޭންޖް އޮފް ނޯޓްސް" ގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން|އަވަސް

ސޮއިކުރުމުގެ ރަސްމިއްޔާތުގައި ސަފީރު ޔަނާއީ ވިދާޅުވީ، އޭގެ އަހަރެއްހާ ދުވަސް ކުރިން އެމްއާރުސީސީއަށް ކުރެއްވި ޒިޔާރަތުގައި، ވަރަށް ކުޑަ ޖާގައެއްގައި މަދު ވަސީލަތްތަކާއެކު ހިތްވަރުގަދަ އޮފިސަރުން މަސައްކަތް ކުރަމުންދިޔަ މަންޒަރު ފެނިވަޑައިގެންނެވި ކަމަށެވެ. އަދި އެ ތަނަކީ މީހުންގެ ފުރާނަ ސަލާމަތްކުރުމާއި ކަނޑުމަތީގެ ރައްކާތެރިކަން ކަށަވަރުކުރުމުގައި ކޮމާންޑް ސެންޓަރެއްގެ ގޮތުން މުހިންމު ދައުރެއް އަދާކުރާ ތަނަކަށް ވާތީ، އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުންތެރިކަން ވަރަށް ބޮޑަށް އިހުސާސް ކުރެވުނު ކަމަށްވެސް ޖަޕާނު ސަފީރު ވިދާޅުވި އެވެ.

ދެ މަރުހަލާއަކަށް ބަހާލައިގެން މޯލްޑިވްސް ކޯސްޓްގާޑާ ގުޅިގެން ކުރިއަށް ގެންދާ ގޮތަށް ޕްލޭން ކުރި މި މަޝްރޫއުގެ ފުރަތަމަ މަރުހަލާގައި ހިމެނެނީ، އައު މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރުގެ އޮފީސްތަކާއި، ތަމްރީނުދޭނެ ޖާގަތަކާއި، އެކޮމޮޑޭޝަން ކޮޓަރިތަކުގެ އިތުރުން ލައިބްރަރީއެއް ހިމެނޭ އިމާރާތެއް ބިނާކުރުމެވެ. މަޝްރޫއުގެ ދެވަނަ މަރުހަލާގައި ޔޫއެންއޯޑީސީގެ ފަރާތުން ސާޗް އެންޑް ރެސްކިއު އަދި ކަނޑުމަތީގެ ގާނޫނުތައް ތަންފީޒުކުރުމާ ގުޅޭ ހާއްސަ ތަމްރީނު ޕްރޮގްރާމްތައް ފަރުމާކޮށް ކުރިއަށްގެންދިއުމެވެ.

މިކަމާ ގުޅޭގޮތުން މަސަޓޯމޯ ޔަމަގޫޗީ ވިދާޅުވީ، ޖަޕާނު ސަރުކާރުގެ ދީލަތި އެހީތެރިކަމާއެކު ރާއްޖޭގެ ގާނޫނު ތަންފީޒުކުރާ އޮފިސަރުންގެ ގާބިލުކަން އިތުރުކުރުމަށް ހިއްސާވުމުގެ ފުރުސަތު ލިބުމަކީ ޔޫއެންއޯޑީސީއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

މީގެ އިތުރުން ޔަމަގޫޗީ ފާހަގަކުރެއްވި ގޮތުގައި، މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ކަނޑުމަތީގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ ހުނަރުތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަރައި، އެއް ފުރާޅެއްގެ ދަށުން ގައުމީ ފެންވަރުގައާއި ސަރަހައްދީ ފެންވަރުގައި މަސައްކަތްކުރާ އެހެން ފަރާތްތަކާ ގުޅިގެން މަސައްކަތް ކުރުމުގެ ފުރުސަތު ފަހިވެގެންދާނެ އެވެ. މީގެ ނަތީޖާއެއްގެ ގޮތުން ކަނޑުމަތީގައި ހިންގާ ކުށްތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ކާމިޔާބުވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ވިލިނގިލީގައި، މޯލްޑިވްސް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރްސީސީ) ގެ އާ އިމާރާތް ބިނާކުރުމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ބިންގާ އެޅުމުގެ ރަސްމިއްޔާތު ބާއްވައިފައިވަނީ 20 ޖޫން 2022 ގަ އެވެ.

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ގާއިމުކުރާ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް 2022 ޖޫން 20 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން

ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫ.އެން.އޯ.ޑީ.ސީ) އިން ގާއިމުކުރާ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމް.އާރު.ސީ.ސީ) ގެ އިމާރާތް ބިނާކުރުމުގެ މަސައްކަތް 2022 ޖޫން 20 ވަނަ ދުވަހު ރަސްމީކޮށް ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން|އެމްއެންޑީއެފް

މި ރަސްމިއްޔާތުގައި ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި، ދިވެހިރާއްޖޭގެ ދިފާއީ ވަޒީރާއި، ޔޫއެންއޯޑީސީގެ ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމް (ޖީއެމްސީޕީ) ގެ ޕްރޮގްރާމް ކޯޑިނޭޓަރުގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އިސް އޮފިސަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި އިމާރާތުގެ މަސައްކަތް ނިމުމުން، އެމްއާރްސީސީގެ އާ އޮޕަރޭޝަންސް ރޫމާއި، މީހުން ތިބޭނެ އެކަމޮޑޭޝަން ބްލޮކްތަކުގެ އިތުރުން ކްލާސްރޫމްތައް ހުންނާނެ ކަމަށް ބުނެފައިވެ އެވެ. މި ވަސީލަތްތަކުގެ އެހީގައި، ކަނޑުމަތީގައި ހިންގާ ސާޗް އެންޑް ރެސްކިއު  އޮޕަރޭޝަންތަކާއި، ކަނޑުމަތީގެ ގާނޫނުތައް ތަންފީޒުކުރުމުގެ މަސައްކަތްތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުގެ މުވައްޒަފުންގެ ހުނަރު އިތުރުކުރުމަށްޓަކައި ގައުމީ އަދި ބައިނަލްއަގުވާމީ ފެންވަރުގެ ތަމްރީނު ޕްރޮގްރާމްތައް ހިންގުމަށް މަގުފަހިވެގެންދާނެ ކަމަށް ވެސް މި ރަސްމިއްޔާތާ ގުޅިގެން މާލޭގައި ހުންނަ އދ. ގެ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެހެން ނަމަވެސް އިމާރާތް ހުޅުވި ރަސްމިއްޔާތައް ފަހު ރައީސް އޮފީހުން ނެރުނު ޚަބަރުގައި ބުނެފައިވަނީ "އެމްއާރްސީސީގެ އައު އިމާރާތަކީ ސަރުކާރުން ތަރައްޤީކޮށްފައިވާ ޢިމާރާތެއް" ކަމަށެވެ.

އޭގެ އިތުރުން ބުނެފައިވަނީ "މި އިމާރާތުން ދޭ ޚިދުމަތްތަކަށް ބޭނުންވާ އާލާތްތަކާއި ވަސީލަތްތައް ޤާއިމްކުރުމަށް އޮސްޓްރޭލިޔާ ސަރުކާރުންވެސް ވަނީ އެހީތެރިކަން ފޯރުކޮށްދެއްވާފައި،" ކަމަށެވެ.

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ ޚަބަރުގެ ސްކްރީން އިމޭޖެއް

މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރުގެ އައު އިމާރާތް ހުޅުވުމާ ބެހޭ ގޮތުން ރައީސް އޮފީހުން ނެރެފައިވާ ޚަބަރުގެ ސްކްރީން އިމޭޖެއް|ސްކްރީން އިމޭޖް

މަޝްރޫއުގެ ހަގީގަތަކަށް ހަދައިދިނުމުގައި އެންމެ ބޮޑު ރޯލެއް އަދާކުރި އަދި މަޝްރޫއަށް 3.7 މިލިއަން ޑޮލަރު ހޭދަ ކުރި ޖަޕާނުގެ ނަންވެސް މި ޚަބަރުގައި ގެނެސްފަ އެއް ނުވެ އެވެ. ހަމަ އެކަނި ބުނެފައިވަނީ އެމްއާރްސީސީގެ އައު އިމާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި ޖަޕާން ސަފީރު ހަރ އެކްސެލެންސީ އިޝިގާމީ ބައިވެރިވެވަަޑައިގެންނެވި ކަމަށެވެ.

ޖަޕާން ސަރުކާރުގެ ބޮޑު އެހީއަކާއި، ޔޫއެންއޯޑީސީގެ އިތުރުން ކުރީ ސަރުކާރުގެ ދިފާއީ ވަޒީރާއި އޭރުގެ އެމްއެންޑީއެފް ގެ ވެރިންގެ ބުރަ މަސައްކަތުން ހަގީގަތަކަށްވި މަޝްރޫއު ނިމުމުން ރައީސް އޮފީހުން ނެރުނު ޚަބަރުގައި ބުނެފައިވަނީ، "މިއީ އެމަނިކުފާނު (ރައީސް މުއިއްޒު) ކޯސްޓްގާޑުގެ ގާބިލްކަން އިތުރުކުރުމަށް ކަނޑައަޅުއްވާފައިވާ ސިޔާސަތުގެ ދަށުން ކުރެއްވި މުހިންމު މަސައްކަތެއް،" ކަމަށެވެ.

ސެންޓަރުގެ މަސައްކަތުގެ އިތުރުން، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު އިން ކަނޑުމަތީގައި ހިންގާ އިންސާނީ އެހީތެރިކަމުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި، 7.6 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ކަނޑުމަތީގެ މުވާސަލާތީ އާލާތްތަކާއި ފީނުމަށް ބޭނުންކުރާ ސާމާނު 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޖަޕާނުން ވަނީ ރާއްޖެއަށް ފޯރުކޮށްދީފަ އެވެ.

މިީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އަށް ހަދިޔާކުރި ސީ އެމްބިއުލަންސަކާއި، މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ދީފައިވާ ޕެޓްރޯލް ކުރާ އުޅަނދެއްގެ އިތުރުން، ރާއްޖޭގެ ހަތް ރަށެއްގައި މޯލްޑިވްސް ޕޮލިސް ސަރވިސްއިން ބޭނުންކުރުމަށް ގާއިމުކުރި ސީ.ސީ.ޓީ.ވީ ކެމެރާ ސަވައިލަންސް ނިޒާމު ވެސް ވަނީ ޖަޕާނުން ހަދިޔާ ކޮށްފަ އެވެ.