ޚާއްޞަ އަދި ރީތި ތާރީޚުތަކުގައި ކައިވެނި ކުރުމަކީ ދިވެހިންގެ
ތެރޭގައި ވަރަށް ބޮޑު މަޤުބޫލުކަމެއް ލިބިފައިވާ ކަމަކަށްވާއިރު، މިއަދުގެ ރީތި ތާރީޚު
ކަމަށްވާ 2026 ޖުލައި 26 އާ ދިމާކޮށް މާލޭގައި 12 ކައިވެންޏެއް ކުރުމަށް ހަމަޖެހިފައިވާ
ކަމަށް ފެމިލީ ކޯޓުން ހާމަކޮށްފި އެވެ.
ފެމިލީ ކޯޓުން މިއަދު އާންމުކުރި މަޢުލޫމާތުތަކަށް
ބަލާއިރު، މިއަދު ކުރާ ކައިވެނިތަކުގެ ތެރެއިން 5 ކައިވެންޏެއް ކުރުމަށް ހަމަޖެހިފައިވަނީ
އެ ކޯޓުގެ ތެރޭގައެވެ. އަދި ބާކީ 7 ކައިވެނި ކޮށްދިނުމަށް ހަމަޖެހިފައިވަނީ ކޯޓުން
ބޭރުގައި ނުވަތަ އެކި ހޯލްތަކާއި ގޭގޭގަ އެވެ.
މި އަހަރުގެ ތެރޭގައި މިހާތަނަށް އެންމެ ގިނަ ކައިވެނިތަކެއް
އެއް ދުވަހެއްގައި ކޮށްފައިވަނީ މިދިޔަ ޖޫން މަހުގެ 26 ވަނަ ދުވަހުއެވެ. އެ ދުވަހަކީ
ވެސް ގިނަ ބަޔަކު ކައިވެނި ކުރުމަށް ޚިޔާރުކުރި ރީތި ތާރީޚެކެވެ.
ދިވެހިންގެ ތެރޭގައި އާންމުކޮށް ރީތި ތާރީޚުތަކުގައި
ކައިވެނި ކުރުމަށް ބޮޑު ސަމާލުކަމެއްދެ އެވެ. ޚާއްޞަކޮށް ތާރީޚުގެ ނަންބަރުތައް އެއްގޮތްވާ
ދުވަސްތަކާއި، ފަސޭހައިން ހަނދާން ހުންނަ ފަދަ ތާރީޚުތަކުގައި ކައިވެނި ކުރުމަށް ގިނަ
ބަޔަކު ފޯމު ހުށަހަޅަމުންދާ ކަމަށް ފެމިލީ ކޯޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.