ސަރުކާރު ސްކޫލްތަކަށް އަންނަ ދިރާސީ އަހަރަށް
ކުދިން ވައްދަން ހުޅުވާލައިފި އެވެ.

ބުރާސްފަތި ދުވަހު އެޑިއުކޭޝަން މިނިސްޓްރީން
"އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ 2027 ވަނަ އަހަރުގެ
ދިރާސި އަހަރު ސަރުކާރު ސްކޫލްތަކަށް ކުދިން ވެއްދުމުގެ ފުރުސަތު 31 އޮގަސްޓްގެ
ނިޔަލަށް ހުޅުވާލާފައި ވާނެ ކަމަށެވެ.

ސަރުކާރު ސްކޫލްތަކުން ޖާގަ ހޯދުމަށް ހުށަހަޅާ ފޯމް
އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ ޕޯސްޓްގައި ބުނެފައިވެ
އެވެ.

މިނިސްޓްރީން ބުނީ ރާއްޖޭގެ ހުރިހާ ސްކޫލަކަށް ވެސް
ކުދިން ވައްދާނީ އެ ފޯމް މެދުވެރިކޮށް ކަމަށެވެ.

2026 ވަނަ އަހަރުގެ ދިރާސީ އަހަރު ސަރުކާރު
ސްކޫލްތަކުގައި ގްރޭޑް އެކެއްގައި ކިޔަވަން 4،000 އަށްވުރެ ގިނަ ދަރިވަރުން ވަދެފައިވާއިރު،
އޭގެތެރެއިން މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ގްރޭޑް 1 ގައި ކިޔަވާނެ 1700
އަށްވުރެ ގިނަ ދަރިވަރުން ހިމެނެ އެވެ.

2026 ވަނަ އަހަރުގެ ކިޔެވުން ޖެނުއަރީ 27 ގައި
ފަށާފައިވާއިރު، މިހާރު ދަރިވަރުން ވަނީ ފުރަތަމަ ޓާމްގެ ކިޔެވުން ނިންމާ
ޗުއްޓީއަށް ގޮސްފައި އެވެ. ދެވަނަ ޓާމްގެ ކިޔެވުން އޮގަސްޓް 2ން ޑިސްމްބަރު 17ށް
ކުރިއަށް ދާނެ އެވެ.

2027 ވަނަ އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ
ޖެނުއަރީ 17 ގައި އެވެ.