ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްގީކުރި ސަރަހައްދު ޕްރޮމޯޓު ކުރުމަށްޓަކައި، ސިފައިންގެ މައި މަރުކަޒު ކަމަށްވާ ބަންޑާރަކޮށި މަތިން ފެންނަ ގޮތަށް ނަގާފައިވާ ފޮޓޯތަކާއި ވީޑިއޯތަކެއް އާންމުކޮށްފި އެވެ.

ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް
ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް

މި ފޮޓޯތަކާއި ވީޑީއޯތައް އާންމުކޮށްފައިވަނީ އެމްޓީސީސީގެ އިތުރުން ސަރުކާރު ޕްރޮމޯޓް ކުރާ ބައެއް މީޑިއާތަކުންނެވެ.

ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް
ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް

އާންމުކޮށްފައިވާ ފޮޓޯތަކާއި ވީޑިއޯތަކުން މާލޭގެ ގްރީން ޒޯން އެއްކޮށް ފެންނަން ހުރިއިރު، ބަންޑާރަކޮށީގެ އިތުރުން ފުލުހުންގެ މައި ހެޑްކުއާޓަރު ޝަހީދު ހުސެއިން އާދަމް ބިލްޑިންގ، ރައީސް އޮފީސް، ރައްޔިތުންގެ މަޖިލިސް އަދި މުލިއާގެ ވެސް މަތިން ވަރަށް ސާފުކޮށް ފެންނަން ހުރެ އެވެ.

ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް

ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް

ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް

ސިފައިންގެ މައި މަރުކަޒު ފެންނަ ގޮތަށް ނަގާފައިވާ ޑްރޯން ފޮޓޯތައް

މިއީ ގައުމީ ސަލާމަތަށް ހުރި ވަރަށް ބޮޑު ނުރައްކަލަކަށްވާއިރު، ބަންޑާރަކޮށި ބޭރުން ވެސް ފޮޓޯ ނެގުން މަނާ ކަމަށް އަންގާ ބޯޑުތައް ހަރުކޮށްފައިވެ އެވެ. އަދި ރައީސް އޮފީސް ހިމެނޭ ސަރަހައްދުގައި މަޑުކޮށްގެން ވީޑިއޯ ކުރުމާއި ނޫސްވެރިން އިންޓަވިއު ނެގުން ފަދަ ކަންކަމަށް ވެސް ސިފައިން އަބަދުވެސް ހުރަސްއަޅަ އެވެ.

24 ގަޑިއިރު، އެ ސަރަހައްދުގައި ސިފައިން ފޯރިމަރާއިރު، މި ސަރުކާރުން ތާރު އެޅި މަގެއް ޕްރޮމޯޓް ކުރުމަށްޓަކައި ޑްރޯން ބޭނުން ކޮށްގެން މިފަދަ ފޮޓޯތަކާއި ވީޑިއޯތައް ނެގުމަކީ ސިފައިންގެ ގާނޫނުން ވެސް ތަންދޭ ކަމެއް ނޫނެވެ.

ސިފައިންގެ ގާނޫނު ބުނާ ގޮތުން، ގްރީން ޒޯނުގައި އަދި ބަންޑާރަކޮށި ސަރަހައްދުގައި ޑްރޯން އެރުވޭނީ ޚާއްސަ ހުއްދައެއްގެ ދަށުން ސިފައިންގެ ބެލުމުގެ ދަށުންނެވެ. އަދި ގްރީން ޒޯނުގައި ހިމެނޭ ސެކިއުރިޓީ ހައި އެއްވެސް އިމާރާތެއްގެ މަތިން ފޮޓޯ އާއި ވީޑިއޯ ނަގައި އާންމު ކުރުމަކީ މަނާ ކަމެކެވެ.

ގްރީން ޒޯނަކީ މާލޭގައި ހުންނަ ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ސަރަހައްދު ހިމާޔަތްކޮށް، އާންމު ހަރަކާތްތަކާއި އެއްވުންތަކަށް ލިމިޓްކޮށްފައިވާ ނުވަތަ ޚާއްސަ އަމަންއަމާންކަން ގާއިމުކޮށްފައިވާ ސަރަހައްދެކެވެ.

ނަމަވެސް މިފަދަ ފޮޓޯތާކާއި ވީޑިއޯތައް އާއްމުވުމާއި ގުޅިގެން މި މައްސަލަ ބެލުމަށް ދަނީ ގިނަބަޔަކު ގޮވާލަމުންނެވެ. މި ސަރުކާރުން ސިފައިންގެ ވެސް ސިޔާސީ ކޮށްފައިވާ ކަމަށް ބުނެ، ގިނަ ބައެއްގެ ފާޑު ކިޔުން ދަނީ އަމާޒުވަމުންނެވެ.