ހދ. ކުޅުދުއްފުށީގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙުގެ ސަރުކާރުން ފަށާފައިވާ ދަމަނަވެށީގެ މަސައްކަތް މިހާރު ހުއްޓިފައިވާކަން
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ހާމަކޮށްފި އެވެ.
ކުޅުދުއްފުށީ ސިޓީ ކައުންސިލުން ރާއްޖެޓީވީއަށް
ދިން މައުލޫމާތުގައި ބުނީ މި މަޝްރޫއު ހަވާލުކޮށްފައިވަނީ ރޯޑް ޑިވޮލޮޕްމަންޓް ކޯޕަރޭޝަން
(އާރްޑީސީއާ) ކަމަށެވެ. ނަމަވެސް މިހާރުގެ ސަރުކާރު އައިފަހުން މި މަޝްރޫއުގެ އެއްވެސް
މަސައްކަތެއް ކުރެވިފައި ނުވާކަމަށް ކައުންސިލުން ބުނެ އެވެ.
ކުޅުދުއްފުށީ ސިޓީގައި ދަމަނަވެށި އިމާރާތް ކުރުމުގެ
މަސައްކަތް ފެށީ ކުރީގެ ސަރުކާރުގެ ދައުރުގަ އެވެ. މި މަޝްރޫއަކީ ކުޅުދުއްފުށީ ރައްޔިތުންނަށް
ބޮޑު އުއްމީދެއް އޮތް މަޝްރޫއެކެވެ. ސަބަބަކީ ދަމަނަވެށި އިމާރާތް ކުރުމުން ރަށުގެ
ރައްޔިތުންނަށް ސިއްޙީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި ބޮޑު ފުރިހަމަކަމެއް ލިބިގެންދާނެތީ އެވެ.
މި މަޝްރޫއު ހުއްޓިފައިވުމުން ކުޅުދުއްފުށީ ރައްޔިތުން
ދަނީ އެކަމުގެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ރައްޔިތުން ބުނަމުންދަނީ ދަމަނަވެށީގެ
ހިދުމަތް ފުޅާކުރުމަކީ ރަށަށް ވަރަށް މުހިންމު ކަމެއް ކަމަށާއި މި މަޝްރޫއު ނިންމުމަށް
ސަރުކާރުން ސަމާލުކަން ދޭން ޖެހޭ ކަމަށެވެ.